Wednesday, 9 September 2026
Ads by

ލަންކާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބުދިސްޓު ހާމުދުރެއް ހައްޔަރުކޮށްފި

ލަންކާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބުދިސްޓު ހާމުދުރެއް ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބުދު ދީނުގެ އިސް ހާމުދުރު ހެމަރަތަނަ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ސްްރީލަންކާގެ ނުފޫޒުގަދަ ބުދު ދީނުގެ އިސް ހާމުދުރެއް ހައްޔަރުކޮށްފިއެވެ. އުމުރުން 71 އަހަރުގެ ޕަލްލެގަމަ ހެމަރަތަނަ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު، ވެރިރަށް ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްވީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން ދަނިކޮށެވެ.

Ad Image
Ads by

ހެމަރަތަނަގެ މައްޗަށް ތުހުމަތު ކުރެވެނީ 2022 ވަނަ އަހަރު، އޭނާ އިސްކޮށް ހުންނަ އަނޫރާދަޕޫރާގެ ފައްޅިއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި، މި އަމަލު ހިންގުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ސްްރީލަންކާގެ ’ޑެއިލީ ނިއުސް‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޤައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ ހެމަރަތަނަ ހައްޔަރުކުރީ، އޭނާ ހައްޔަރުކުރުން ލަސްވަމުންދާތީ ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ އިދާރާތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން، އަނޫރާދަޕޫރާގެ ޗީފް މެޖިސްޓްރޭޓް ނެރުނު އަމުރެއްގެ ދަށުންނެވެ. ކޯޓުން ވަނީ ހެމަރަތަނަ ހައްޔަރުކޮށް ”ލަސްނުކޮށް“ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު ކޮލަމްބޯގެ ބައިނަލްއަގުވާމީ އެއާޕޯޓުން 110 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި 22 ފާދިރީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ބުދިސްޓު ހާމުދުރުންތަކެއް ލަންކާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި