ބުދިސްޓު ހާމުދުރުންތަކެއް ލަންކާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި
ސްރީލަންކާގެ އެއާޕޯޓަކުން 22 ބުދިސްޓު ހާމުދުރުންގެ ފޮށިތަކުގައި ފޮރުވާފައިވާ 110 ކިލޯގެ ކެނަބިސް ފެނިގެން ސްރީލަންކާގެ ކަސްޓަމްސް އޮފިޝަލުން އެމީހުން ހައްޔަރުކޮށްފިއެވެ. ކަސްޓަމްސްގެ އޮފިޝަލުން ބުނިގޮތުގައި، ހޮނިހިރު ދުވަހު ވެރިރަށް ކޮލަމްބޯއަށް އެމީހުން އައިއިރު، ކޮންމެ ހާމުދުރެއްގެ ފޮށީގައި ހަދާފައިވާ ”ސިއްރު ވަތްގަނޑުތަކެއްގައި“ ފޮރުވާފައިވާ ގާތްގަނޑަކަށް 5 ކިލޯގެ ކުޝް (ކެނަބިސްގެ ބާރުގަދަ ބާވަތެއް) ވަނީ ފެނިފައެވެ. މި ހާމުދުރުންގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ. އެމީހުން ހިފަހައްޓާފައިވަނީ، ނަން ހާމަނުކުރާ ސްޕޮންސަރެއްގެ ފަރާތުން ހުރިހާ ޚަރަދެއް ހަމަޖައްސައިދީގެން ތައިލެންޑުގައި ހޭދަކުރި 4 ދުވަހުގެ ޗުއްޓީއަކަށްފަހު އެނބުރި ޤައުމަށް އައި މަގުމަތީގައެވެ. މި ދަތުރު އިންތުޒާމުކުރި 23 ވަނަ ހާމުދުރެއް ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ ވަގުތީ ތަރުޖަމާނު ބުނެފައިވާ ގޮތުގައި، އެ ދަތުރުގައި ބައިވެރިނުވާ ހާމުދުރު، އެހެން ހާމުދުރުން ގާތު ބުނެފައިވަނީ ”މި ޕާރުސަލްތަކަކީ ހަދިޔާއެއް“ ކަމަށާއި، އަދި އެ ޕެކޭޖުތަކާ ހަވާލުވުމަށް ވޭނެއް އަންނާނެ ކަމަށެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އެމީހުން އުފުލަމުންދިޔައީ ކޮން އެއްޗެއްކަން ހާމުދުރުންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed