Monday, 23 November 2026
Ads by

ޣައްޒާގެ ޙިޞާރު ފޫއަޅުވާލަން ދިޔަ ފްލޮޓިއްލާގެ ބޯއްޓުތަކަށް ޔަހޫދީ ސިފައިން އަރައިގަނެފި!

ޣައްޒާގެ ޙިޞާރު ފޫއަޅުވާލަން ދިޔަ ފްލޮޓިއްލާގެ ބޯއްޓުތަކަށް ޔަހޫދީ ސިފައިން އަރައިގަނެފި!

ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބޯއްޓަކަށް ޔަހޫދީ ސިފައިން އަރާ މަންޒަރު

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އަށް ހުރަސްއަޅައި، އިޒްރޭލުގެ ސިފައިން މިއަދު ހަމަލާދީފައެވެ. އެ ފްލޮޓިލާއިން ވަގުތުން ދައްކަމުންދިޔަ ލައިވް ބްރޯޑްކާސްޓްތަކުން ފެންނަ ގޮތުގައި، އިޒްރޭލުގެ ނޭވީ ސިފައިން ވަނީ އެއް ބޯއްޓަށްފަހު އަނެއް ބޯއްޓަށް އަރާފައެވެ.

Ad Image
Ads by

އިޒްރޭލުގެ ދުވަހު ނޫހެއް ކަމަށްވާ ”ޔެދިއޮތު އަހްރޮނޮތު“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލު ސިފައިން ވަނީ އެ އުޅަނދުތަކުގައި ތިބި އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އަދި އިޒްރޭލުން ވެރިވެގަނެފައިވާ ފަލަޞްޠީނުގެ ބަނދަރަށް އެމީހުން ގެންދިއުމުގެ ކުރިން، ”ފްލޯޓިން ޕްރިޒަން“ ގެ ގޮތުގައި ސިފަކޮށްފައިވާ ނޭވީ މަނަވަރަކަށް އެމީހުން ބަދަލުކުރަމުންދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މިކަން ހިނގަމުންދިޔަ ވަގުތު ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ އުޅަނދުތައް އެމީހުންގެ ގާފިލާއާ ކައިރިވަމުންދާ ކަމަށެވެ.

”އަހަރެމެން ޣައްޒާ އާއި ދިމާލަށް ދަތުރު ކުރިއަށް ގެންދާއިރު މިތިބީ ހައި އެލާޓުގައި. ބިރުދައްކައިގެން އަހަރެމެން ފަހަތަކަށް ނުޖެއްސޭނެ،“ އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔަހޫދީން ކުރަމުންދާ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން އައު ފްލޮޓިއްލާއެއް ތުރުކީން ފުރައިފި

54 ބޯޓުގެ މައްޗަށް އެކުލެވޭ މި ފްލޮޓިލާ ދަތުރު ފެށީ ބުރާސްފަތި ދުވަހު ތުރުކީގެ މެޑިޓަރޭނިއަން ސަރަހައްދެއް ކަމަށްވާ މާމަރިސް އިންނެވެ. މިއީ އިޒްރޭލުމް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން މުގުރާލުމަށް ކުރި އާ މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
committee
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
sudan
ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ
indonesia
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ
pales
ވެސްޓް ބޭންކުގެ އަވަށްތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށްލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި