ޔަހޫދީން ކުރަމުންދާ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން އައު ފްލޮޓިއްލާއެއް ތުރުކީން ފުރައިފި
ޔަހޫދީ އިޒްރޭލު ދައުލަތުން ކޮށްފައިވާ ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން ތުރުކީގެ ހުޅަނގު ދެކުނުން ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރާ ފްލޮޓިއްލާގެ ބައެއް އުޅަނދުތައް ފުރާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތަކުން ނޫސްތަކަށް މައުލޫމާތު ދީފިއެވެ. ”ގްލޯބަލް ޞުމޫދު ފްލީޓް“ ގެ ތުރުކީ ގޮފީގެ މެންބަރެއް ކަމަށްވާ ގޯކެމް ދުރު ބުނި ގޮތުގައި މީގެ ގަޑިއެއްހާއިރު ކުރިން ތުރުކީގެ މާމަރިސް އިން ގާތްގަނޑަކަށް 50 އުޅަނދު ވަނީ ފުރާފައެވެ. ”ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ’ފްރީޑަމް ފްލޮޓިއްލާ ކޯލިޝަން‘ ގެ ހަތަރު ނުވަތަ ފަސް އުޅަނދު މި ގާފިލާއާ ގުޅޭނެ. މިހާރު އެ އުޅަނދުތައް ދަތުރުކުރަމުންދަނީ ޣައްޒާ އަށް ދިއުމަށް،“ އޭނާ އިތުރަށް ބުންޏެވެ. މިއީ 2023 އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން، ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި އަދި ތެލުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ޣައްޒާއަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ޙިޞާރު މުގުރާލުމަށް އެއް އަހަރު ތެރޭގައި ކުރިއަށްގެންދާ ތިންވަނަ ހަރަކާތެވެ. މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު، ގްރީސްގެ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ދެވަނަ ފްލޮޓިއްލާ އިޒްރޭލުގެ ސިފައިން ހުއްޓުވައި، އޭގައި ތިބި ގިނަ އެކްޓިވިސްޓުން ޔޫރަޕަށް ފޮނުވާލިއެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް 10 ދުވަސް ވަންދެން ބަންދުގައި ވެސް ވަނީ ބައިތިއްބާފައެވެ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed