ޢުމްރާވެރިން – Eki Online

މައްކާގައި ތިބި އުމްރާވެރިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް: ޝަހީމް
މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މި މޭރުމުން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މައްކާގެ މުގައްދަސް ބިމަށާއި ޖިއްދާ އަދި ޠާއިފަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރެއް ނެރުމާ ގުޅިގެން ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، މި އިންޒާރުތައް ވަނީ މާ ގިނައިރުތަކެއް ނުވެ ކަމާބެހޭ ފަރާތްތަކުން އުވާލައިފައެވެ.

މިއީ މެދުއިރުމަތީގެ މަސްރަޙު ގޯސްވެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި އިންޒާރާ ގުޅިގެން ސަޢޫދީގެ މަދަނީ ދިފާއުން ފަހުން ވަނީ، މި ސަރަހައްދުތަކަށް އެޅި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް މިހާރު ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީ، ޢާންމު ހާލަތަކަށް ރުޖޫއަވެފައިވާކަން ހާމަކޮށްފައެވެ.

މި އިންޒާރުތައް ނެރެފައި މިވަނީ، ޔަމަނުގެ ސަރަޙައްދުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަޙައްދުތަކުން 13 މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުންނެވެ.

ޔަމަނުން ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ސަރަޙައްދުތަކާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އަދި މިފަދަ ހަމަލާތައް ހުއްޓުވައި، ސަރަހައްދީ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވީއައިއޭގައި ހިންގި ޢުމްރާ އޮޕަރޭޝަން ކާމިޔާބު: ޕްރީ-ޗެކިންއާއެކު ޢުމްރާވެރިންނަށް ބޮޑު ލުޔެއް!
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ހިނގާ ޖުލައި މަހު ފުރި ޢުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ޚާއްޞަ އޮޕަރޭޝަން، މިއަދު ފަހު ޢުމްރާ ގްރޫޕް ފުރުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރާފައިވާއިރު، މިއަދާއެކު މި ހުރިހާ ޢުމްރާވެރިންވެސް ވަނީ ރާއްޖެއިން ފުރައި ނިމިފައެވެ. މި އޮޕަރޭޝަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ގިނަގުނަ ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މި އޮޕަރޭޝަންގެ ދަށުން އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލުން ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ސަބަބުން ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު ވަރަށް އޮމާންކޮށް ކުރިއަށް ގެންދެވުނު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް އެމްއޭސީއެލް އިން ވަނީ ހަމަޖައްސާފައެވެ.

ޢުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތް ވަގުތު، އެ ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ވެސް ވަނީ ޚާއްޞަކުރެވިފައެވެ. ހަމައެހެންމެ، އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ވަނީ ބަލަހައްޓާފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ބުނީ މި ޚާއްޞަ އޮޕަރޭޝަންގެ ސަބަބުން، ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގ އަދި ބޯޑިންގ އޮމާންކޮށް އަދި އަވަހަށް ނިންމާލެވި، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް ޢުމްރާވެރިންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކާއި، ޢުމްރާ ގްރޫޕްތަކާއި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އެމްއޭސީއެލްއިން ވަނީ ޝުކުރު ދަންނަވާފައެވެ.

ފްލައިޓް ކެންސަލްވުމުން ރާއްޖެ ނާދެވި ތިބި ޢުމްރާވެރިންނަށް އަނބުރާ އާދެވޭނެ ގޮތް ހަމަޖައްސައިދީފި
އަމިއްލަ ޢުމްރާ ގްރޫޕުތަކުގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ތެރެއިން، ފްލައިޓު ކެންސަލްވުމުގެ ސަބަބުން އަނބުރާ ރާއްޖެއަށް ނާދެވި، ސަޢޫދީ ޢަރަބިއްޔާގައި ތާށިވެފައި ތިބި ބައެއް ޢުމްރާވެރިންނަށް އަނބުރާ ރާއްޖެ އާދެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބައެއް އަމިއްލަ ޢުމްރާ ގްރޫޕުތަކުން ޓިކެޓު ނަގާފައިވާ އެއަރލައިންތަކުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދަތުރުތައް ކެންސަލްކުރުމުގެ ސަބަބުން އަނބުރާ ރާއްޖެ ނާދެވިފައިތިބި ޢުމްރާވެރިންނަށް ޙައްޖު ކޯޕަރޭޝަނުން އެހީތެރިވެފައިވާ ކަމަށެވެ.

ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ތެރެއިން 100 އެއްހައި ޢުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ފްލައިޓަކުން ޖާގަ ހަމަޖައްސައިދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިކަމުގައި އިތުރު ހާސްކަމެއް އުޅޭކަން އެނގިފައި ނެތް ކަމަށެވެ. މީގެ އިތުރުން، ކުންފުނިތަކުން މިހާރު ދަނީ އެހެން މަގުތަކުންވެސް ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި، ރާއްޖެއިން 2،000 އަށްވުރެ ގިނަ ފަރާތްތަކުން މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެކި ސަބަބުތަކާހުރެ ނުފުރި ތިބި 164 ޢުމްރާވެރިއަކު މިރޭ ޢުމްރާއަށް ފުރާނެ
އެކި ކަހަލަ ސަބަބުތައް މެދުވެރިވެގެން ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، އެކި ސަބަބުތައް މެދުވެރިވެގެން ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި 164 އުމްރާވެރިއަކު މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކުރެވި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މާތް ﷲ އިރާދަކުރެއްވިއްޔާ މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފަ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފަ. މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ. މި…

— Mohamed Shaheem Ali Saeed (@Mohamedshaheem1) March 8, 2026

މި ފުރުޞަތުގައި މިނިސްޓަރު ޝަހީމް ވަނީ، ޙައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ޙައްލު ކުރެއްވުމަށް ދެއްވި އަޙައްމިއްޔަތަށްޓަކައި، މިނިސްޓަރު ވަނީ ރައީސް މުޢިއްޒަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ގުރޫޕްތަކުން ޢުމްރާގެ އަޅުކަމަށް ދާ ފަރާތްތަކުގެ އަތުން އޮޅުވާލައިގެން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ނުގެންދާ މައްސަލަ ބައެއް ފަހަރު ފެންމަތިވެއެވެ. އެގޮތުން ”އަލްއަބްރާރު“ ނަމަކަށް ކިޔާ ޢުމްރާ ގުރޫޕަކުން މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވާތީ ސަޢޫދީއަށް ދިއުން ރައްކާތެރި ނޫން ކަމަށް ބުނެ، ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް މިފަހުންވެސް ވަނީ ފެންމަތިވެފައެވެ.

އެނގިފައިވާ ގޮތުގައި އެ ގުރޫޕުން ވިސާ އަދި ހޮޓެލް ބުކިންގގެ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާކަން ޢުމްރާވެރިންނަށް ފަޅާއަރާފައިވަނީ ޢުމްރާގެ އަޅުކަމަށް ފުރަން އޮތް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. މިކަމާ ގުޅިގެން ޢުމްރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ޢުމްރާ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވަގުތީގޮތުން ހިފަހައްޓައިފައެވެ.

ރާއްޖެއިން ޢުމްރާއަށް ފުރާ ފަރާތްތަކަށް ޚާއްޞަކޮށް ހޮޓްލައިނެއް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފަރާތްތަކާއި، ޢުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު މައްކާގައި ތިބި އެންމެހައި ފަރާތްތަކުން، އެ ފަރާތްތަކަށް ދިމާވާ ޚާއްޞަ ޙާލަތްތަކާ ގުޅިގެން މަޢުލޫމާތު ޙިއްޞާކުރުމާއި މަޢުލޫމަތު ހޯދުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޚާއްޞަ ހޮޓްލައިނެއް ތަޢާރަފް ކޮށްފިއެވެ.

ޢުމްރާވެރިންނަށް ޚާއްޞަކޮށް ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ:

ހޮޓްލައިން ނަންބަރު: 3007070

ދިވެހިރާއްޖެއިން ބޭރުން ގުޅާނަމަ: 3007070(960)+

މީގެ އިތުރުން ވަކި ޚާއްޞަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477 އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ޤައިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329 އަށް ވީ އެންމެ އަވަހަކަށް އެންގެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން މައްކާގައި ތިބި ދިވެހި ޢުމްރާވެރިންގެ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.