ސަލްޓަން ޕާކު – Eki Online

ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހައުސިންގެ މިނިސްޓްރީގެ އެދުމުގެ މަތިން، ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބީލަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ހައުސިންގ މިނިސްޓްރީގެ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ އާއި ފިނޭންސް މިނިސްޓްރީގެ ”ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު“ އާއި އިކޮނޮމިކް މިނިސްޓްރީގެ ”ފޮރިންގ ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން މި މަހުގެ ހައެއް ވާ ހޯމަ ދުވަހުގެ 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

މަރާމާތުގެ މަސައްކަތަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކޮށްފި
ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ފެށިގެން އެ ޕާކު އާންމުންނަށް ބަންދުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.

މިދިޔަ ސަރުކާރުން ވީރާނާވާން ދޫކޮށްލާފައިވާ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ސަލްޓަން ޕާކު ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު، މި އަހަރުގެ ފިޠުރު ޢީދު ދުވަހާއި ދިމާކޮށް އެ ޕާކު ވަނީ އަލުން ހުޅުވައިފައެވެ.

ނަމަވެސް މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދަންޖެހޭ އިތުރު މަސައްކަތްތަކެވެ.

ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަހައްދުތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން، އިށީންދެލައިގެން ތިބޭނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯރ މަރާމާތުކުރުމުގެ އިތުރުން ގަރޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.

ސަލްޓަން ޕާކުގެ އިތުރުން މި ސަރުކާރުން އަންނަނީ މާލެ ސިޓީގެ އެހެން މައިޒާންތައް ވެސް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސުނާމީ ބިނާ މައިޒާނާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ސަލްޓަންޕާކުގެ މަރާމާތު މަސައްކަތް ރައީސް ބައްލަވާލައްވައިފި
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ކޮށްނިމިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ރައީސް ވަނީ މިއަދު ހަވީރު ސަލްޓަންޕާކު މަރާމާތު ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ސަރުކާރުގެ ބައެއް ވަޒީރުންނާއިއެކު އެސަރަޙައްދަށް ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރޮޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި އެމްއެންޑީއެފް ގުޅިގެންނެވެ. މަރާމާތަށްފަހު ސަލްޓަން ޕާކުން މިހާރު ފެންނަމުން ދަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ ހިތްފަސޭހަ މާހައުލެކެވެ.

ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ކޮށްނިމިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ… pic.twitter.com/KbcY2W2qgv

— Ministry of Construction, Housing & Infrastructure (@MoCImv) March 20, 2026

ސަލްޓަން ޕާކު މަރާމާތަށް ބަންދުކުރުމަށްފަހު އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ. މި މަސައްކަތުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ވިއު ސްޓްރަކްޗަރ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މާރާމާތުކޮށް އާބާތުރަ ފިލުވުމެވެ. މީގެ އިތުރުން އެތަނުގައި ހުރި ސީސީޓީވީ ކެމެރާތައް ވަނީ ރަނގަޅުކޮށްފައެވެ.

ރައީސް މުޢިއްޒު ވަނީ، ސަލްޓަންޕާކް ތަރައްޤީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަގޮތަށްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުޑަކުދިންނާ އާއިލާތަކުން ހިތްގައިމު ވަގުތުހޭދަކުރެވޭނެގޮތަށް އެތަން ތަރައްޤީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަލްޓަން ޕާކް ތަރައްޤީކުރާނީ މާލޭގެ ޢިއްޒުއްދީން ފާލަން ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭހެން މުޅި ސަރަހައްދުގެ ހިތްފަސޭހަކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށެވެ.

ސަލްޓަން ޕާކް މިހާރު ފެންނަން އޮތްގޮތަށް ތަރައްޤީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ގެނައެވެ. އެގޮތުން އެތަނުގައި ކުޑަކުދިން ޢާއިލާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮއްލެވޭ ގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ. އަދި އައިސް ޕާކެއްވެސް އޭރު އެތަނުގައި ތަރައްޤީކުރިއެވެ. ”ރަސްރަނި ބަގީޗާ“ގެ ނަމުގައި ހުޅުވި އެތަނުގެ ނަން އެންމެ އިހުގައި ބޭނުންކުރި ”ސަލްޓަން ޕާކް“ގެ ނަމަށް ބަދަލުކުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮށްފައި ނުވެއެވެ.

މަރާމާތު ކުރުމަށްފަހު، ޢީދު ދުވަހު ސަލްޓަން ޕާކު ހުޅުވަނީ
މަރާމާތުގެ މަސައްކަތްތަކަށްފަހު، ކުރިއަށް އޮތް ފިޠުރު ޢީދު ދުވަހު ސަލްޓަން ޕާކު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ، ފިޠުރު ޢީދު ދުވަހާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، ޢާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު ބަންދުކޮށް ޒަމާނީ ފެނަވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

ސަލްޓަން ޕާކު ހުޅުވުން ޢީދުގެ ފަހަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، އެތަނުގެ މަރާމާތުގެ މަސައްކަތްތައް ޢީދު ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެމްއެންޑީއެފްއިން ބުނީ، ސަލްޓަން ޕާކު ހުޅުވުމުގެ އިތުރުން، ޢީދު ދުވަހު ވަރަށް ކުލަގަދަކޮށް އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޑިފެންސް ފޯސްއިން އިސްނަގައިގެން ކުރިއަށްގެންދަން ނިންމާފައިވާ ”ޢީދު ހަވީރު 1447″ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހަރަކާތްތައް ފެށެމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.