ވަޒީފާއާ ބެހޭ ޓްރައިބިއުނަލް – Eki Online

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުޢައިބު ޔޫސުފް އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުޢައިބު ޔޫސުފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޝުޢައިބު ޔޫސުފް އެ މަގާމަށް އައްޔަންކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޝުޢައިބު ޔޫސުފް ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފައެވެ. ޝުޢައިބު ޔޫސުފަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.

އަދި އެއަށްފަހު، މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ޝުޢައިބު ޔޫސުފާ ހަވާލުކުރައްވައިފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައި، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، އޭނާއަށް މަގާމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު އިދާރީ ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޝަރީޢާއިން ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން، ވިޔަފާރި ހިންގުމުގެ ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެމް.ބީ.އޭ ވެސް އޭނާ ފުރިހަމަކުރައްވާފައިވެއެވެ.

އަމްޖަދު މުޞްޠަފާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތަކަށް އައު ބޭފުޅެއް ނޫނެވެ. މީގެ ކުރިންވެސް އެ ޓްރައިބިއުނަލުގެ ރައީސްކަން ކުރައްވާފައިވާ އަމްޖަދު، އެންމެ ފަހުން އަދާކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ފަދަ ޒިންމާދާރު މަޤާމުތަކުގައި ވެސް އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްހާގު އިސްތިއުފާ ދެއްވައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްހާގު ޙުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެ މަގާމަށް އިސްހާގު އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ މަގާމުން އިސްހާގު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓުގައި ވެސް މިހާރު ތިއްބެވި މެމްބަރުންގެ ތެރޭގައި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާރު ނެތެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަކީ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަންކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި ޓްރައިބިއުނަލްއިން މެންބަރުން ވަކިކުރުމުގެ ބާރު އޮންނާނީ ރައީސަށް އެކަންޏެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ނައިބް ރައީސް ފާތިމަތު މަހީރާ މުޙައްމަދާއި މެމްބަރުންގެ ގޮތުގައި މަރްޔަމް ރިޝްފާ އާއި ޙިކުމާ އަޙްމަދު ނިޒާރާއި ޝަހީމާ ސަލީމާއި ސައުސަން ޢަލީ އަދި އިޝާރާ ޢަބްދުލްޢަޒީޒާއި ފާޠިމަތު ސައުސަންގެ އިތުރުން ޙަސަން އިބްރާހިމެވެ.