ހުޅުމާލެ ފޭސް ދޭއް – Eki Online

ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް އަވަސްކުރަން އިތުރު ކުންފުނިތަކާއި ހަވާލުކޮށްފި
ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް އަވަސްކުރަން ހަތަރު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަގީލް ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގެ 54 ލިފްޓް މީގެ ކުރިން މެއިންޓެއިން ކުރީ 2 ކުންފުންޏަކުން ކަމަށެވެ.

މިހާރު އަޅުގަނޑުމެން އެންމެ ފަހުން ކޮންޓްރެކްޓް ހެދިގެން މި ދިޔައީ ހަތަރު ބައި މީހުންނާ. އެއީ ވެސް މި ޚިދުމަތް އަވަހަށްދީ އެފިޝިއެންޓް ކުރުމަށް

– އަގީލް ވިދާޅުވިއެވެ.

ނަމަވެސް ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފްސީލު ހާމައެއްނުކުރެއެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް އޭޕްރިލް މަހު ވަނީ ފަށާފައެެވެ. ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުޙާއްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރަން 200 މިލިއަން ރުފިޔާ ހިމަނައިފައެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.

ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް އެޗްޑީސީއިން ލަފާ ކުރާއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެއަށް ވުރެ ކުރިން މި މަސައްކަތް ނިންމާލުމެވެ.

ހުޅުމާލޭން ދިރިއުޅެން ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެކެވެ. މި ބިންތަކުގެ ތެރޭގައި 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް އެޗްޑީސީން މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަނުގެ ބިޑު ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެޗްޑީސީން ބުނެފައި ވަނީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑު ކުރުމެވެ.

ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅުމަށް ހުޅުމާލޭގައި ގާއިމުކުރާ ”ޕެޓް ކެއަރ ފެސިލިޓީ“ ގެ ބިންގާ އަޅައިފިއެވެ.

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މިއީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހަދަމުން އަންނަ ތަނެކެވެ. މި ތަން ހަދަން އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައެވެ. މި ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ފެސިލިޓީގެ ބައުންޑަރީ ފެންސުގެ ޖެހުމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހު ފަށާފައިވާ ކަަމަށެވެ.

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމައްޗާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާ އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުޅުވޭ ފެސިލިޓީއެއް ކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ފެސިލިޓީ މެދުވެރިކޮށް ބުޅާތަކަށް ބޭނުންވާ ފުރިހަމަ އަޅާލުން ލިބޭނެ ކަމަށެވެ.

ޕެޓް ކެއަރ ފެސިލިޓީގައި:

ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދެއް ހުންނާނެ

ކްލިނިކަކާއި ލެބޯޓްރީއެއް ހުންނާނެ

ފާމަސީއެއް ހުންނާނެ

ހިޔާވަހިކަމާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ

ބުޅާތައް ދުވެ އުޅެން ސަރަހައްދެއް އޮންނާނެ

”މި ވަގުތީ ކެޓް ޝެލްޓާ ގާއިމުކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ،“ އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ގިނަވަމުންދާ ބުޅާތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅުމަށް ހުޅުމާލޭގައި ގާއިމުކުރާ ”ޕެޓް ކެއަރ ފެސިލިޓީ“ ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައެވެ. މި ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާޒިމް ވިދާޅުވެފައި ވަނީ މިއަދު ފަށާފައި ވަނީ ފެސިލިޓީގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ. ވިއްސަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަންނަ ހަފުތާގައި އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ސަޕޯޓެއް ދެނީ އެނިމަލް ވެލްފެއަރ މިނިސްޓްރީން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

”އަޅުގަނޑަށް އުންމީދު ކުރެވެނީ ކުރިއަށް މަހެއް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ފެސިލިޓީ ބިނާކުރެވި، މާލެ ތެރޭގައި އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާކުރެވިގެން މި ތަނުގައި ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް،“ – މާލޭގެ މޭޔަރު އާދަމް އާޒިމް

މިއަދު ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ފެށުނު ނަމަވެސް މި ޕްރޮޖެކްޓް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއަރ ޕެސިލިޓީއެއް އެ ތަނުގައި ހަދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ގިނަވެ، އާންމުންނަށް ގިނަ އުނދަގޫތަކެއް ވަމުން ދާތީ ބުޅާ ގެންގުޅެން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ސިޓީ ކައުންސިލުން ކުރިއެވެ. އެގޮތުން ބުޅާ ފެސިލިޓީއެއް ވިލިމާލޭގައި ހަދައިދޭނެ ބަޔަކު ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާނު ވެސް ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓެއް ހުޅުވައިފި
ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ހާބަރު ސަރަޙައްދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސް މާރުކޭޓެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މި މަސް މާރުކޭޓު ހުޅުވާފައި ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުވި ތަނެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައި ވަނީ މި މަސް މާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން ހުޅުވުނު މާރުކޭޓެއް ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަނީ ހިޔާ ސަރަޙައްދުގައި ލޯކަލް މާރުކޭޓެއް ވެސް ހުޅުވާފައެވެ. އެޗްޑީސީން ބުނި ގޮތުގައި މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި ރޯދަ މަސް ފެށުމާ އެކު މާރުކޭޓު ހުޅުވާނެ ކަމުގައެވެ. ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް އެ މާރުކޭޓުން ޚިދުމަތް ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓު 1 އާއި 2 އަދި ވިނަރެސް 9 އާއި 10 ހުންނަ ސަރަޙައްދުގައި ކަމަށެވެ. މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ރޯދަ މަހު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންކަން ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމުގައެވެ.

އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފި
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

ރޯދަ މަހަށް ޚާއްޞަކޮށްގެން އިމާރާތް ކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީންއެވެ.

މި މިސްކިތް ގާއިމުކުރެވިފައި ވަނީ ދެވަނަ ފިޔަވަހީގެ ހިޔާ ޕާރކް ސަރަޙައްދުގައެވެ. އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަޙައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވުނު މިސްކިތެއް ކަމަށެވެ.

އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ވިނަރެސް ފްލެޓްގެ އަގު ކުޑަކޮށްފި
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރަން ފެށި ވިނަރެސް ފުލެޓުތަކުގެ އަގު ކުޑަކޮށް، މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ދަށްކޮށްފިއެވެ.

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ”ލީޒް ޓު އޯން މޮޑެލް“ގެ އިންޓްރަސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން 6 އިންސައްތަ އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައިކަމަށާއި، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް ޑރ. މުޢިއްޒު އެކަން އިއުލާނު ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.