އިބްރާހީމް މުޙައްމަދު ޞާލިޙް
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ

އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިހް އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

Ads by Eki Online

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަކީ 1995 ވަނަ އަހަރުން ފެށިގެން ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެންމެ އިސް އަދި ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން އާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ތެރެއިން އެމްޑީޕީ އާއި ގައުމީ އިސްލާހީ ހަރަކާތް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް ޞާލިޙަކީ 2011 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. އެމަނިކުފާނު ވަނީ 2017 ވަނަ އަހަރުގެ މާޗް މަހު އިދިކޮޅު ކޯލިޝަން އުފެދުނު ފަހުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ތީއެވެ.

ރައީސް ޞާލިޙަކީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވި ތިންވަނަ ރައީސެވެ. ރައީސް ޞާލިޙަކީ އުމުރުން 54 އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދެވަނަ އަށް އެންމެ ދުވަސްވީ ރައީސެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ 11 ނޮވެމްބަރު 2008 އިން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަން ކުރަމުން އައި ސިޔާސީ ޕާޓީއެވެ. މިއީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި ފުރިހަމަ ޑިމޮކްރަސީ ގާއިމްކުރުމަށް ގޮވާލާ ލިބަރަލް (މިނިވަންކަމާއި ހަމަހަމަކަމަށް މަސައްކަތްކުރާ) ޕާޓިއެކެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ އިންތިހާބު ކާމިޔާބުކުރީ ވެސް މި ޕާޓީއިންނެވެ. މިއީ އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕާޓީއެވެ.

އެމްޑީޕީ ރަޖިސްޓްރީ ކުރަން ފުރަތަމަ ހުށަހެޅީ 24 ފެބްރުއަރީ 2001 ގައެވެ. މި ޕާޓީ ފުރަތަމަ އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ކެބިނެޓް މިނިސްޓަރަކާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ 42 މީހަކު އިސްވެ ތިބެއެވެ. އަދި ޕާޓީގެ އާއްމު މަޖިލީހުގެ މެންބަރުން އިންތިހާބު ކުރެވުނީ 13 ފެބްރުއަރީ 2004 ގައެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއެކު އެމްޑީޕީ ރަޖިސްޓްރީ ކުރީ ޖޫން 21، 2005 ގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޝިޔާރެއްގެ ގޮތުގައި އެމްޑީޕީން ކަނޑައަޅާފައިވަނީ “އުފާވެރި އަމާން ރާއްޖެ” މިއެވެ.  ޕާޓީގެ މެމްބަރުން އަދަދަކީ 58,000 އެވެ. މަޖިލިސް މެމްބަރުންގެ އަދަދަކީ 57 އެވެ.

އުފަން ރަށް
ޅ. ހިންނަވަރު 
އުފަން ތާރީޚް
މާޗް 1962 1(61 އަހަރު)
ތަޖުރިބާ

ސިޔާސީ ދާއިރާގެ ގިނަ މަސައްކަތްތައް ކޮށްފައިވޭ, އެމްޑީޕީ އާއި ގައުމީ އިސްލާހީ ހަރަކާތް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް

އިންތިހާބު ޚަބަރު