ޑރ. މުޙައްމަދު މުޢިއްޒު
ޖުމްޙޫރީ ޕާޓީ

ޑރ. މުޢިއްޒަކީ 2001 ވަނަ އަހަރު ޔުނިވާސިޓީ ކޮލެޖް ލަންޑަނުން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ،”ފަސްޓު ކްލާސް އޮނާސް” ނުވަތަ އެންމެ މަތީ ދަރަޖައިގެ ޝަރަފާއެކު ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން 2002 ވަނަ އަހަރު މާސްޓާސް އޮފް ސައިންސް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޙާޞިލުކުރެއްވި ބޭފުޅެކެވެ.

Ads by Eki Online

ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. މުޢިއްޒޔު ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާފައެވެ.

ޑރ.މުޢިއްޒު ރާއްޖޭގެ ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުގައެވެ. އެއިރު އޭނާގެ ޢުމުރަކީ އެންމެ 33 އަހަރެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގައި ވެރިކަން ބަދަލުވުމާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޢިއްޒު ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ސިޔާސީ ޕާޓ އެކެވެ. މި ޕާޓީގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް ހޯދައިދީ ރާއްޖެގެ އިގްތިސާދު ކުރިއެރުވުމެވެ.

ޕީއެންސީ އާއި ޕީޕީއެމް ހިންގަމުން ދަނީ އެއް ޕާޓީއެއްގެ ގޮތުގައެވެ. ބޮޑެތި ނިންމުންތައް ނިންމަނީ ދެ ޕާޓީގެ ސެނެޓު ގުޅިގެންނެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ރައީސް އަކީ އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ޕީއެންސީ ރެޖިސްޓްރި ކޮށްފައިވަނީ ޖެނުއަރީ 31, 2019 ގައެވެ. ޕާޓީގެ މެމްބަރުންގެ އަދަދަކީ 3159 އެވެ.

އުފަން ރަށް
ކ. މާލެ
އުފަން ތާރީޚް
(ޖޫން 15 1978 ( 45 އަހަރު
ތަޖުރިބާ

ހައުސިންގް މިނިސްޓަރކަން ކުރެއްވި, ގިނަ މަޝްރޫޢުތައް ހިންގެވި, މާލޭގެ މޭޔަރ

އިންތިހާބު ޚަބަރު