ޤާސިމް އިބްރާހީމް
ޖުމްޙޫރީ ޕާޓީ

އަލްފާޟިލް ޤާސިމް އިބްރާހީމް އަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓެވެ. ގާސިމް އަކީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވިލާ ގުރޫޕްގެ ހުރިހާ ކުންފުނިތަކެއްގެ ބާނީ އަދި ވެރިފަރާތް ވެސް މެއެވެ.

Ads by Eki Online

1969 ވަނަ އަހަރު ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ޤާސިމް އިބްރާހީމް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް ވެދެވަޑައިގެންނެވިއެވެ.

ދިވެހި ސަރުކާރުގެ ތަފާތު ވަޒީފާތައް ޤާސިމް އިބްރާހީމް އެކިދުވަސްވަރު އަދާކުރައްވާފައި ވެއެވެ. 2005 ވަނަ އަހަރު ދިވެހި ސަރުކާރުގެ ކެބިނެޓުން ޤާސިމް އިބްރާހީމް އަށް ޖާގަ ލިބިވަޑައިގެންނެވިއެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަގާމް 18 އޮގަސްޓް 2005 އިން ފެށިގެން 2008 ގެ ޖުލައި އަށް ކޮށްފައިވެއެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ 10 ޖުލައި 2008 ގައެވެ.

ޤާސިމް އިބްރާހީމް ސަރުކާރުން އިސްތިއުފާ ދެއްވުމާއި، އަދި ދިވެހި ރައްޔިތުންގެ ޕާޓީ އިން އިސްތިއުފާ ދެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުން ގިނަ ވިޔަފާރިވެރިން ތަކެއް އިސްވެގެން އުފެއްދި ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 7 އޮގަސްޓް 2008 ގައެވެ.

ޤާސިމް އިބްރާހީމް ވަނީ 1 ނޮވެންބަރު 2018 އިން 27 މެއި 2019 ގެ ނިޔަލަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ގާސިމްގެ ޖުމްހޫރީ ޕާޓީ އުފެއްދެވީ އޯގަސްޓް 3، 2008 ގައެވެ. ޖުމްހޫރީ ޕާޓީގެ ބާނީއަކީ ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމްއެވެ.

މި ޕާޓީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓާ, މިނިވަންކަމާއި ސިޔާދަތު ނަގަހައްޓާ, ދެމެހެއްޓުމެވެ. އަދި ދިވެހި ރައްޔިތުންގެ އިސްލާމީ ވަހުދަތާއި، ގައުމީ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ، ރައްޔިތުންނަށް މަސްލަހަތުހުރި، ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ސިޔާސަތުތަކެއް ތަންފީޒުކުރާ ދިވެހި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް، އާލާކޮށް ދެމެހެއްޓުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޝިޔާރަކީ “ހާއްސަކަނޑާލާ، ހަމަޖެހޭނެ” މިއެވެ. ޕާޓީގެ މެމްބަރުން އަދަދަކީ 22600 އެވެ. އަދި މަޖިލިސް މެމްބަރުންގެ އަދަދަކީ 2 އެވެ.

އުފަން ރަށް
އދ. ދިއްދޫ
އުފަން ތާރީޚް
(އޮގަސްޓު 30 1951 (72 އަހަރު
ތަޖުރިބާ

ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރެއްވި, ވިޔަފާރި ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވޭ

އިންތިހާބު ޚަބަރު