މުޙައްމަދު ނާޒިމް
މޯލްޑިވްސް ނޭޝަނަލް ޕާޓީ

ނާޒިމަކީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނާޒިމް ވަނީ ރާއްޖޭގައި ހިންގި ހުރިހާ އަސްކަރީ ތަމްރީނެއް ފުރިހަމަކުރައްވާފައެވެ. ޖޫނިއާ ޕްރައިވެޓްގެ ރޭންކުން ހިދުމަތް ފެއްޓެވި ނާޒިމް ކޮމިޝަންޑް އޮފިސަރަކަށްވީ 2001 ވަނަ އަހަރުގައެވެ. އަސްކަރިއްޔާގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ 2011 ގައެވެ.

Ads by Eki Online

މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލުކުރައްވާ މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔާޑް ނާޒިމް) ފާޙަގަކުރުވުނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިންމުމަށް މަސައްކަތްކުރެއްވި ސިޔާސީ ގޮތުން ވަރަށް ބާރުގަދަ ފާރާތެއްގެ ގޮތުގައެވެ.

އެމަނިކުފާނު ވަނީ ޕީޕީއެމާއި ގުޅުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މާޤާމު އަދާކޮށްފައެވެ. ނަމަވެސް ރައިސް ޔާމީންއާއި ޚިޔާލު ތަފާތުވެ ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ތުހުމަތުގެ ޝިކާރައަކަށްވެ ގިނަ ދުވަހު އޮންނަވަން ޖެހުނީ ޖަލުގައެވެ.

ނާޒިމް ފެނިގެން ގޮސްފައިވަނީ ލީޑަރޝިޕް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. މާސްޓަ އޮފް މިލިޓަރީ ސައިންސް ފުރިހަމަ ކުރައްވައި، ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވާ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭނާއަކީ އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައިއެކެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ އެކެވެ. މި ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ އޮކްޓޯބަރު 25، 2021 އެވެ.

މި ޕާޓީގެ މައިގަނޑު މަގްސަދަކީ އާންމު އިންތިހާބުތައް މިނިވަންކަމާއެކު ކާމިޔާބު ކުރެވޭނެ ސިޔާސީ ބާރެއްގެ ގޮތުގައި ޕާޓީ ހަރަކާތްތެރިވުން, ޕާތީގެ ގައުމީ މަގްސަދު ތަންފީޒު ކުރެވޭނެ ކެންޑިޑޭޓުން ދެނެގަނެ އެފަރާތްތަކަށް ފުރުސަތު ހޯދައިދީގެން ގައުމު ތަރައްގީ ކުރުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޝިޔާރަކީ “އުޖާލާ ޒަމާން ޕާޓީ” މިއެވެެ. ޕާޓީގެ މެމްބަރުން އަދަދަކީ 9800 އެވެ. މަޖިލިސް މެމްބަރުންގެ އަދަދަކީ 3 އެވެ.

އުފަން ރަށް
ކ. މާލެ
އުފަން ތާރީޚް
(މާޗް 21, 1969 (54 އަހަރު
ތަޖުރިބާ

އަސްކަރީ ތަމްތީންތައް ފުރިހަމަކުރެއްވި, މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލްކުރެއްވި, ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

އިންތިހާބު ޚަބަރު