އިލްޔާސް ލަބީބް
ދި ޑިމޮކްރެޓްސް

އިލްޔާސް ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހާސިލު ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ފުރިހަމަ ކުރެއްވިއެވެ.

Ads by Eki Online

އިލްޔާސް އަކީ މިހާރު މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރެވެ. މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އޭނާ އިންނަވައެވެ. މީގެ ކުރިން އިލްޔާސް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ހުންނަވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީއަށްވީ ނަމަވެސް އެ ޕާޓީއަށް ރަނގަޅު ތާއީދެއް އޮތް ކަމަށް ފެނެއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ އެކެވެ. ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ ޖުލައި 1, 2023 ގައެވެ.

މިޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، މިވަގުތު ހަރަކާތްތެރި ވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފެވެ. ދަ ޑިމޮކްރެޓްސް ޕާޓީ ގެ މެނިފެސްޓޯ ގެ އަމާޒަކީ ފަރުދީ ތަނަވަސް ކަމައި އަބުރުވެރި ހަޔާތެކެވެ.

މެނިފެސްޓޯ ބެހިގެންވަނީ އާރޯ ވިޔަފާރި، އިގްތިސާދު އަދި މާލީ އިސްލާހު, ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން, ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު, މުނިފޫހިފިލުވުން, ފަންނު ވެރި ކަން, ސަގާފަތް އަދި ކުޅިވަރު, އަދި އަދުލުގެ ނިޒާމު އަދި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު މިއެވެ.

ޕާޓީގެ މެމްބަރުން އަދަދަކީ 9800 އެވެ.

އުފަން ރަށް
ސ. ހުޅުދޫ
އުފަން ތާރީޚް
(ޖެނުއަރީ 17 1979 (44 އަހަރު
ތަޖުރިބާ

މަޖިލީހުގެ މެމްބަރުކަން ކުރެއްވި, ވިޔަފާރީގެ ތަޖުރިބާ

އިންތިހާބު ޚަބަރު