Sunday, 26 July 2026
Ads by

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރަން އެކަނިވެސް 25 މިލިއަން ރުފިޔާ!

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރަން އެކަނިވެސް 25 މިލިއަން ރުފިޔާ!

މޭޔަރު އާޒިމް---

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ޖުމްލަ 25 މިލިއަން ރުފިޔާއަށް ހަތް ކުންފުންޏަކާ މޭޔަރު އާދަމް އާޒިމް ޙަވާލުކުރެއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ad Image
Ads by

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ޢާންމުންގެ ސަމާލުކަމަށް މިކަން ގެނެސްދެއްވީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝްއެވެ. ޢަރީސް ވިދާޅުވި ގޮތުގައި މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްގެ ހުއްދައެއް ނެތި އަދި ކައުންސިލަށް އެނގުމަކާ ނުލައި، މަސައްކަތުގެ ތަފްޞީލު ޙިއްޞާކުރުމެއް ނެތި އަދި ބިޑު ކުރުމުގެ އުޞޫލުތަކާ ވެސް ޚިލާފަށެވެ.

މޭޔަރު އަމިއްލަފުޅަށް ދެއްވާ ހުއްދައެއްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް ކައުންސިލަރުންނާ ޙިއްޞާކޮށްފައި ނުވާއިރު، މަސައްކަތް ޙަވާލުކޮށްފައިވާ ހަތް ކުންފުންޏަށް މަސައްކަތް ހަވާލުކުރިކަމުގެ ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައިވަނީ ސީދާ މޭޔަރު އާދަމް އާޒިމް ކަމަށް ޢަރީޝް ވަނީ ހެއްކާއެކު ތުޙުމަތުކުރައްވައިފައެވެ.

މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުނިތަކުގެ ތަފްޞީލު ޢަރީޝް ވަނީ ވަކިވަކިން ހާމަކުރައްވައިފައެވެ. އެގޮތުން މޭޔަރު އާޒިމް ވަނީ:

  • ”ބިގް ބެސްޓް“ ނަމަކަށް ކިޔާ ކުންފުންޏަކަށް 5.7 މިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވޭ
  • ”ވެށިޕްރޯ“ ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވޭ
  • ”ޑޮނާޑް ޕްރައިވެޓް ލިމިޓެޑް“ އަށް ކުންފުންޏަކަށް 3.9 މިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވޭ
  • ”ސަސްމާ ޕްރައިވެޓް ލިމިޓެޑް“ އަށް 3.4 މިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވޭ
  • މީގެ އިތުރުން ”ބަހާގި“، ”އެމް 7 ޕްރިނޯޒް“ އާއި ”އޮންޓްރެކް ސޮލިއުޝަން“ މިއިން ކޮންމެ ކުންފުންޏަކަށް 2.6 މިލިއަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވޭ

މޭޔަރު އާޒިމްގެ އިދާރީ ހިންގުމުގެ ސިޔާސަތު ބައްޓަންކޮށްފައި އޮންނަ ގޮތާ ގުޅޭގޮތުންވެސް ޢަރީޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ކަމެއް ރަނގަޅަށް ހިނގައިފިނަމަ އެކަމުގެ ކްރެޑިޓް މޭޔަރު ނަންގަވާ ކަމަށާއި ނަމަވެސް ގޯސްކޮށް ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ ސެކްރެޓަރީ ޖެނެރަލްގެ ބޮލުގައި އަޅުއްވާ ކަމަށް ޢަރީޝް ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިޓީތަކުން ނިންމާ ކަންކަން ތަންފީޒުނުކޮށް މޭޔަރު ހިފަހައްޓަވާކަމުގެ ތުޙުމަތުވެސް މޭޔަރު އާޒިމަށް ޢަރީޝް ވަނީ ކުރައްވައިފައެވެ.

މޭޔަރު އާޒިމްގެ މައްޗަށް ޢަރީޝް ކުރެއްވި ތުޙުމަތުތަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަނީ 3.9 މިލިއަން ރުފިޔާއަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި