Wednesday, 9 September 2026
Ads by

މާލޭ ސިޓީ ކައުންސިލް ޕެރެލައިޒް ކޮށްލި ބޭފުޅަކީ މޭޔަރު އާޒިމް: އިބުޓީ

މާލޭ ސިޓީ ކައުންސިލް ޕެރެލައިޒް ކޮށްލި ބޭފުޅަކީ މޭޔަރު އާޒިމް: އިބުޓީ

މާލޭ ސިޓީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު---

މާލޭ ސިޓީ ކައުންސިލް ޕެރެލައިޒް ކޮށްލި ބޭފުޅަކީ މޭޔަރު އާދަމް އާޒިމް ކަމަށް މާލޭ ސިޓީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު (އިބުޓީ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިބުޓީ މި މޭރުމުން ވިދާޅުވީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބުޓީ ވަނީ، މޭޔަރު އާދަމް އާޒިމް ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންނާ ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ދޮގު ވާހަކަތަކަށް ހޫނު ރައްދެއް ދެއްވައިފައެވެ.

އެގޮތުން މޭޔަރު އާޒިމް މީޑިއާތަކަށް ދެއްވާ އިންޓަވިއުތަކުގައި އަދި ވަކިން ޚާއްޞަކޮށް އެމްޑީޕީގެ ޖަލްސާތަކުގައި، މާލޭ ސިޓީ ކައުންސިލްގެ ބައްދަލުުވުންތައް ނުބޭއްވެނީ ކޯރަމް ހަމަނުވާތީ ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަތަކާއި، ފްލޯއަށް ގެންނަ މަސައްކަތްތައް ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންނަށް ނުނިންމޭ ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގެއް ކަމުގައި އިބުޓީ ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝްއާ ގުޅުވައިގެންވެސް ދޮގު ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން ޑެޕިއުޓީ މޭޔަރު ޢަރީޝްއަކީ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ގިނަ ދުވަސްދުވަހު ޢަރީޝް އޮފީހަށް ވަޑައިގަންނަވަނީ ނިދާ ހެދުމާއެކުގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އިބުޓީ ވިދާޅުވީ މާލޭ ސިޓީ މޭޔަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު މާލޭ ސިޓީ އެކި ދާއިރާތަކަށް ނިސްބަތްވާ ކައުންސިލަރުން އެންމެ ފުރުތަމަވެސް އޮފީހަށް ދިއުމަށްފަހު ކުރާ ކަމަކީ އެއްކޮށް އޮފީސްތެރޭގައި ބްރެކްފާސްޓް ނެގުން ކަމަށާއި، އެއަށްފަހު ކުރަންވީ ހުރިހާ މަސައްކަތްތަކެއް އެއް ކައުންސިލަރަކު އަނެއް ކައުންސިލަރަކާ ޙަވާލުކުރާ ކަމަށެވެ. ނަމަވެސް މިހާ ފުރިހަމަކޮށް ހިންގަމުން އައި ކައުންސިލެއް މޭޔަރު ކަމަށް ހޮވިވަޑައިގަތުމަށްފަހު މޭޔަރު އާޒިމް ޕެރެލައިޒްކޮށްލާފައިވާ ކަމަށް އިބުޓީ ވިދާޅުވިއެވެ.

މޭޔަރު އާޒިމް މިފަދަ މޭރުމަކުން ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންނާ ދެކޮޅަށް ވާހަކަދެއްކެވި ނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ އާޒިމް ގެންދަވަނީ މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަމުން ކަމެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ ސީރިއަސް އެތަށް ތުޙުމަތުތަކެއް އާޒިމްގެ މައްޗަށް މިހާރު ދަނީ ކުރެވެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި