Wednesday, 9 September 2026
Ads by

ތާރީޚީ ހެކިތަކަށް ބަލާއިރު ޗާގޯސްއާއި ރާއްޖެއާ ހުރި ގުޅުން މާބޮޑު: ފަރާޖް

ތާރީޚީ ހެކިތަކަށް ބަލާއިރު ޗާގޯސްއާއި ރާއްޖެއާ ހުރި ގުޅުން މާބޮޑު: ފަރާޖް

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް---

ތާރީޚީ ހެކިތަކަށް ބެލިނަމަވެސް ފޯޅަވައްސާއި ދިވެހިރާއްޖެއާ ހުރި ގުޅުން މާބޮޑު ކަމަށާއި، އެހެންކަމުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށްވުރެ ބޮޑަށް ޙައްޤުވާނީ ދިވެހިރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު، ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަރާޖް މި މޭރުމުން ވިދާޅުވީ، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ޗާގޯސް ޙަވާލުކުރުމަށް އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ވެެފައިވާ އެއްބަސްވުމުގެ މައްސަލާގައި ބަހުސްކުރައްވަމުންނެވެ. ފަރާޖް ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަން މޮރިޝަސްއާއި ޙަވާލުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ މެދު ރާއްޖެއިން ނުތަނަވަސްވެފައިވާ ކަމަށާއި މޮރިޝަސްގެ ދަޢުވާއަށް ރައްދު ދަޢުވާއެއް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅުމަށް ރާއްޖެއިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް ވެފައިވާ އެއްބަސްވުމާ ދެކޮޅަށް ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ، ފޯޅަވައްސާއި ދިވެހިރާއްޖެއާ ތާރީޚީ ގޮތުންނާއި ސަޤާފީ ގޮތުންނާއި ޖޯގްރަފީ ގޮތުންވެސް ގުޅުންތައް އޮތް ކަމަށެވެ. ނަމަވެސް ފަރަންސޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އެ ރަށްތަކަށް ކިޔަމުން ދިޔަ ދިވެހި ނަންތައް ބަދަލުކުރި ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މި ހެކިތަކަށް ބެލިނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރު ހޯދުމުގެ އެއްވެސް ޙައްޤެއް މޮރިޝަސްގެ މައްޗަށް ނެތް ކަމަށާއި ފޯޅަވަހި ހޯދުމަށް ދަޢުވާ ކުރެވޭނެ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ ކަމަށް ފަރާޖް ވަނީ ވިދާޅުވެފައެވެ.

ފަރާޖް ވަނީ އައިސީޖޭއިން މިކަމުގައި ވަކި ގޮތެއް ނިންމަންދެން، ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މަޑުޖައްސާލުމަށް ގޮވާލައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި