Wednesday, 9 September 2026
Ads by

މުސްލިމުންނާ ދެކޮޅު މޯދީ، އިޒުރޭލަށް ގޮސް ޔަހޫދީންނަށް އޮތް ލޯބި ދައްކާލައިފި

މުސްލިމުންނާ ދެކޮޅު މޯދީ، އިޒުރޭލަށް ގޮސް ޔަހޫދީންނަށް އޮތް ލޯބި ދައްކާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ---

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އިޒުރޭލަށް ކުރަމުންގެންދާ ދަތުރުގައި، ޔަހޫދީންނާއިއެކު ސާބިތުކަމާއެކު ހުރިކަން ހާމަކޮށް، މުސްލިމުންނާ ދެކޮޅުކަން އަނެއްކާވެސް މުޅި ދުނިޔެއަށް ދައްކާލައިފިއެވެ.

Ad Image
Ads by

މޯދީއާއި އޭނާ ނިސްބަތްވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ ފެށުނީއްސުރެ ހަރުކަށި ހިންދޫ ފިކުރު ކުރިއަރުވައި، މުސްލިމުންނާ ދެކޮޅަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ބައެކެވެ. މޯދީގެ ވެރިކަމުގައި އިންޑިއާގެ މުސްލިމުންނަށް ކުރިމަތިކުރަމުންދާ ގޯނާތަކާއި، އިސްލާމްދީނާ ދެކޮޅަށް ހިންގާ ޙަރަކާތްތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންތައް ވެސް އަމާޒުކުރަމުންނެވެ.

މޯދީ އިޒުރޭލަށް މިހާރު ކުރަމުންގެންދާ ދަތުރުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު އަދި މުސްލިމުންގެ ލޭ އެމީހެއްގެ އަތުގައި ހޭކިފައިވާ ބެންޖަމިން ނަތަންޔާހޫއާއި ބައްދަލުކޮށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ނެސެޓްގައި ވަނީ ތަޤުރީރުކޮށްފައެވެ. ނެސެޓުގައި ތަޤުރީރު ކުރަމުން މޯދީ ބުނެފައިވަނީ، މުޅި އިންޑިއާ އޮތީ ޔަހޫދީންނާއެކުގައި ކަމަށާއި، ހަމާސް ޖަމާޢަތުން 7 އޮކްޓޫބަރު 2023 ވަނަ ދުވަހު އިޒުރޭލަށް ދިން ”ޓެރަރިސްޓް“ ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔާ ކަމަށެވެ. އިޒްރޭލުގެ މި ހިތާމާގައި ބައިވެރިވެ އަބަދުވެސް އިޒުރޭލާއެކު ސާބިތުކަމުގައި ދެމިހުންނާނޭ ކަމަށް މޯދީ ބުންޏެވެ.

އިޒުރޭލުގެ ޤާނޫނު ހަދާ މަޖިލިސް ނެސެޓުގައި ތަޤުރީރު ކުރަމުން ހަމާސް ޖަމާޢަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި ޔަހޫދީންގެ ވާހަކަ މޯދީ ފާހަގަކޮށްފައިވީ ނަމަވެސް، މިދިޔަ ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި އިޒުރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގާފައިވާ ލާއިންސާނީ އަދި ރަޙުމުކުޑަ ޖަރީމާތަކުގައި ޝަހީދުވީ މީހުންގެ އަދަދު ހަމާސް ޖަމާޢަތުން މެރި ޔަހޫދީންގެ އަދަދާ ނުބައްދަލުކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެގޮތުން މި ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި އިޒުރޭލުން ވަނީ ޣައްޒާއިން އެކަނިވެސް 80,000 މީހުން ޝަހީދުކޮށްލައިފައެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މޯދީގެ މި ތަޤުރީރުގައި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އެމީހުންނަށް ލިބެމުންދާ އަނިޔާތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަކީ، އޭނާގެ ހިތުގައި މުސްލިމުންނާ މެދު އޮތް ނަފުރަތު ހާމަވެގެންދިޔަ ކަމެކެވެ. ދުނިޔޭގެ ތަހުޒީބީ ބޮޑެތި ޤައުމުތަކުން އިޒުރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، ފަލަސްޠީނަކީ މިނިވަން ވަކި ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަމުންދާ ނަމަވެސް، މޯދީއާއި ބީޖޭޕީން ފާޅުގައި ގެންދަނީ އިޒުރޭލާއި ޔަހޫދީންގެ މަޞްލަޙަތު އިސްކުރަމުންނެވެ.

އިޒުރޭލުގެ ޤާނޫނު ހަދާ މަޖިލިސް ނެސެޓުގައި މޯދީ ދެއްކި އެއްވެސް އަސާސެއްނެތް ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި އިންޑިއާގެ ސިޔާސީ އިސް ފަރާތްތައް ވެސް ހިމެނެއެވެ. ޖުމްލަކޮށް މުޅި ސޯޝަލްމީޑިއާގައި ގިނަބަޔަކު އަންނަނީ މޯދީއަށް މަލާމާތްކޮށް ހަޖޫ ޖަހަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި