Wednesday, 9 September 2026
Ads by

ވަައި ނުސާފުވާ މައްސަލައަށް ޙައްލެއް ހޯދުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން: ފޮރިިން މިނިސްޓްރީ

ވަައި ނުސާފުވާ މައްސަލައަށް ޙައްލެއް ހޯދުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން: ފޮރިިން މިނިސްޓްރީ

ފަތުޙުﷲ ޖަމީލް ބިލްޑިންގ--- ފޮޓޯ: އެކި އެމްވީ

ރާއްޖެއަށް މިހާރު ދިމާވެފައިވާ ވައި ނުސާފުވުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މި މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ބަލާނެ މައްސަލައެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ޙާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރަމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ވައި ނުސާފުވުމުގެ ސަބަބުން ޢާންމުންގެ ދިރިއުޅުމަށާއި އިޤްތިޞާދާއި ޞިއްޙީގޮތުން ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވާ ކަމަށެވެ.

ކަން މިހެން އޮތުމާއެކު، ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މަޢުލޫމާތު ބަދަލުކުރުން އަދި ސަރަޙައްދީ ޤައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވުމާއެކު، ތިމާވެށި ޙިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެހެން އަހަރުތަކާއި ޚިލާފަށް، މި އަހަރު ރާއްޖޭގެ ވައި ނުސާފުވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ދުވަހަކު ކަހަލަ ގޮތަކަށް މެޓް އޮފީހުން އަންނަނީ ރެޑް އެލާޓްވެސް ނެރެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި