Saturday, 24 October 2026
Ads by

މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓްގައި ސައިކަލުފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާދެނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ad Image
Ads by

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމުގައި ފުލުހުން ބުނީ މާލޭ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް، ޕޭވްމަންޓް މައްޗަށް އަރައިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 24 ފެބްރުވަރީ ދަންވަރު 1:39 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އަދި ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓާއެކު ދެ ޒުވާނުންނަށްވެސް ވަނީ އައިޖީއެމްއެޗް އީ އާރުގައި ފަރުވާ ދޭންފަށާފައެވެ. އެހެން ނަމަވެސް ފަރުވާދެނިކޮށް 16 އަހަރުގެ ޒުވާނާ ވަނީ ނިޔާވެފައެވެ.

ނިޔާވެފައިވަނީ ބ. ދަރަވަންދޫ ހިޔަލީ ގުލްޝަން މުޙައްމަދު ނިހާނު ނާޡިމް އެވެ. ނިހާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ އަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި