Wednesday, 9 September 2026
Ads by

އިސްލާމް ދީނަށް ފުރައްސާރަކުރާ ޓިކްޓޮކް ”ބޫގާ“ ހޯދަން އެންމެފަހުން އިޢުލާންކޮށްފި

އިސްލާމް ދީނަށް ފުރައްސާރަކުރާ ޓިކްޓޮކް ”ބޫގާ“ ހޯދަން އެންމެފަހުން އިޢުލާންކޮށްފި

އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލައާ ގުޅިގެން ހޯދަން އިޢުލާނުކޮށްފައިވާ މީހާ--- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މީސް މީޑިއާގެ އެކި މަންސަތަކުގައި، ވަކިން ޚާއްޞަކޮށް ޓިކްޓޮކްގައި ފާޅުކަން ބޮޑުގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލައާ ގުޅިގެން ޓިކްޓޮކްގައި މަޝްހޫރު އަޙުމަދު އާމިރު ނުވަތަ ”ބޫގާ“ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

Ad Image
Ads by

އޭނާ ހޯދުމަށް ފުލުހުން މިއަދު ކުރި އިޢުލާނުގައިވާ ބުނެފައިވަނީ، އަޙްމަދު އާމިރު، ހ. ފިލިކުރިގެ / ކ. މާލެ (51އ) ހޯދަން އިޢުލާނުކުރީ މީސް މީޑިއާގެ އެކި މަންސަތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫއަރާ ފަދަ ވާހަކަތައް ދެއްކުމާއި، އިސްލާމިކް މިނިސްޓްރީ އުވާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަޙުޤީޤަށް ހާޒިރުވުމަށް ބޫގާއަށް ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އަންނަ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް އާމިރު ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

”އެކި އެމްވީ“ އަށް އެނގިފައިވާ ގޮތުގައި ބޫގާ މިހާރު ދިރިއުޅެނީ ޖަޕާނު މީހަކާ އިނދެގެން އެ ޤައުމުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޫގާ ދަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ އަސާސްތަކާ ފުށޫއަރާ އެތަށް ވާހަކަތަކެއް ފާޅުގައި ދައްކަމުންނެވެ. އެގޮތުން މުސްލިމް ފިރިހެނުން ޙިތާނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ފިރިހެނުން ”ނުކުޅެދޭ“ މީހުންނަށް ބަދަލުވެފައިވާ ކަމަށް ބުނެ ހުތުރުކަން ބޮޑު ވާހަކަތަކެއް ވެސް އޭނާ ވަނީ ދައްކައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި