Wednesday, 9 September 2026
Ads by

ލޭބަރ ކުއާޓަރ ހެދި ފުލެޓް ހުސްކޮށްފި، މިހާރު އެތަނުގައި ދިރިއުޅެނީ ތަނުގެ ވެރިފަރާތް

ލޭބަރ ކުއާޓަރ ހެދި ފުލެޓް ހުސްކޮށްފި، މިހާރު އެތަނުގައި ދިރިއުޅެނީ ތަނުގެ ވެރިފަރާތް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް--- ފޮޓޯ: މިހާރު

ހުޅުުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ އަމާން އުދަރެސްގެ ފުލެޓެއްގައި ބިދޭސީންގެ ލޭބަރ ކުއާޓަރ ހެދި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެފްޑީސީން ދިނުމުން ތަން ހުސްކުރުމަށް ފަހު އެ ތަނުގައި ފުލެޓް ލިބުނު ޢާއިލާ ދިރިއުޅެން ފަށައިފިއެވެ.

Ad Image
Ads by

އަމާން އުދަރެސްގެ ފުލެޓެއްގައި ބިދޭސީންގެ ލޭބަރ ކުއާޓަރ ހެދި މައްސަލައާ ގުޅިގެން މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެ ފުލެޓުގެ ވެރިފަރާތް ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އަދި 10 ދުވަހުގެ ތެރޭގައި ވެރިފަރާތުން އެތަން ހުސްނުކޮށްފި ނަމަ، އެއްބަސްވުން ބާޠިލުކޮށް، އެހެން ބަޔަކަށް އެ ފުލެޓް ދޭނެ ކަމުގެ އިންޒާރު އެފްޑީސީން ވަނީ ދީފައެވެ.

މި މައްސަލާގައި ފުލެޓް ލިބުނު ފަރާތް ވަނީ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ފްލެޓު ލިބުނު ފަރާތްތަކާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. ފުލެޓް ކުއްޔަށް ދޫކޮށްފިކަން ފާހަގަކުރެވިއްޖެ ޙާލަތެއްގައި އެއްބަސްވުން ބާޠިލުކޮށް އެހެން ބަޔަކަށް ތަން ދިނުމުގެ ޙައްޤު އެފްޑީސީއަށް ލިބިގެންވާ ކަމުގައި އެއްބަސްވުގައި ބަޔާންކޮށްފައިވެއެވެ.

ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ޢިމާރާތްކޮށްފައި ހުންނަ މިފަދަ ސޯޝަލް ހައުސިންގ ޔުނިޓުތަކުގައި، އެއްބަސްވުމާ ޚިލާފަށް ގިނަ ބަޔަކު އަންނަނީ އުޅެމުންނެވެ. އެގޮތުން އެއް ބަޔަކު އެޕާޓްމަންޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންދާއިރު އަނެއް ބަޔަކު ޤަވާއިދުން ދައްކަންޖެހޭ ކުލި ވެސް ނުދައްކައި އުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި