Sunday, 25 October 2026
Ads by

ރައީސްގެ ވަޢުދާ އެއްގޮތަށް ހއ. ދިއްދޫ ބިންހިއްކުން 50 ދުވަސްތެރޭގައި ނިންމާލައިފި

ރައީސްގެ ވަޢުދާ އެއްގޮތަށް ހއ. ދިއްދޫ ބިންހިއްކުން 50 ދުވަސްތެރޭގައި ނިންމާލައިފި

ދިއްދޫ ބިން ހިއްކައި ނިންމާލުން--- ފޮޓޯ: އެމްއޭސީއެލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލައިފިއެވެ.

Ad Image
Ads by

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަން ހާމަކުރެއްވީ ރައީސް މުޢިއްޒު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޑްރެޖަރު މިދިޔަ ޖަނަވަރީ ތިންވަނަ ދުވަހު ގެނެސް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭގެ އަނެއް ދުވަހު، ޖަނަވަރީ ހަތަރުވަނަ ދުވަހުއެވެ. އެގޮތުން 50 ދުވަހުގެ ތެރޭގައި ދިއްދޫއިން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކައި ނިންމާލެވިފައެވެ.

ދިއްދޫ ބިން ހިއްކައި ނިންމާލެވިފައި— ފޮޓޯ: އެމްއޭސީއެލް

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންކޮށްފައިވަނީ ”ލީވް އެރިކްސަން“ ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިގެންވާ، ދުނިޔޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރެކެވެ. ދިއްދޫ ބިން ހިއްކައި އެއްކޮށް ނިންމާލެވިފައިވާއިރު މި މަސައްކަތަށް ޖުމްލަ 5,492,089 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.

ދިއްދޫގެ ހިއްކާފައިވާ ބިމުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ އެ ރަށުގައި ތަރައްޤީކުރާ އެއަރޕޯޓަށާއި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ގޯތި ދޫކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި