Wednesday, 9 September 2026
Ads by

އުވާލާފައިވާ ޑީއާރުޕީގެ ދަރަނި ދައްކަން ކާނަލް ނަޝީދުގެ މައްޗަށް ޙުކުމެއް

އުވާލާފައިވާ ޑީއާރުޕީގެ ދަރަނި ދައްކަން ކާނަލް ނަޝީދުގެ މައްޗަށް ޙުކުމެއް

ކާނަލް ނަޝީދު--- ފޮޓޯ: ސަން

އިލެކްޝަންސް ކޮމިޝަނުން މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ދައްކަންޖެހޭ ދަރަނި ދައްކަން އެ ޕާޓީގެ ކުރީގެ ލީޑަރު މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ad Image
Ads by

ސިވިލް ކޯޓުގެ ޙުކުމުގައިވާ ގޮތުން، ޑީއާރުޕީން ދައްކަންޖެހޭ މި ދަރަންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އާމިރަށް އެ ޕާޓީން ދައްކަންޖެހޭ ދަރަންޏެކެވެ. މި މައްސަލައަކީ އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯކުރުމާއި އެޑިޓްކުރުމާއި އެކި ކަހަލަ ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކައި އޮތް މައްސަލައެކެވެ.

އެ ޕާޓީން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރަށް 16.3 މިލިއަން ރުފިޔާ ދައްކަން އޮތް ނަމަވެސް، ހައިކޯޓުން މީގެ ކުރިން ނިންމީ ޖޫރިމަނާ އެއްކޮށް އުނިކުރުމަށް ފަހު، ޚިދުމަތުގެ އަގަށް އެކަނި ނެގުމަށެވެ. އެ ޙުކުމަށް ސުޕްރީމް ކޯޓުން އޭރު ތާޢީދުކޮށްފައިވީ ނަމަވެސް މައްސަލަ ޝަރުޢީ މަރުޙަލާގައި އޮއްވައި ސިޔާސީ ޕާޓީއެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީ އުވާލީއެވެ.

ޑީއާރުޕީ އުވާލި އިރު ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން އޮތްއިރު އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިި އިރު ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި ފަރާތް ކަމަށެވެ. އެގޮތުން ޑީއާރުޕީ އުވާލި އިރު ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރީ ކާނަލް ނަޝީދެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިވިލް ކޯޓުން މި މައްސަލަ ނިންމީ ކާނަލް ނަޝީދުގެ ޢައިރު ހާޒިރުގައެވެ. އެގޮތުން ސިވިލް ކޯޓުން ވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އާމިރުގެ ދެ ކުންފުންޏަށް ޑީއާރުޕީންް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ޙުކުމްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި