Wednesday, 9 September 2026
Ads by

މޯދީ އިޒްރޭލަށް އައުމަކީ އިންޑިއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް: ނަތަންޔާހޫ

މޯދީ އިޒްރޭލަށް އައުމަކީ އިންޑިއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް: ނަތަންޔާހޫ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި ކުރިއަށް އޮތް ބުދަ ދުވަހު އިޒްރޭލަށް ދާނެކަން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ.

Ad Image
Ads by

މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ކެބިނެޓް ބައްދަލުވުމެއް ފަށަމުން ނަތަންޔާހޫ ބުނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ގޮސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް، ސެނެޓުގައި ތަގުރީރު ކުރާނެކަމަށެވެ.

އަދި އެ ތަގުރީރު ކުރާ ވަގުތު މަޖިލީހުގެ ހުރިހާ މެންބަރުން އެތަނުގައި ތިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިންޑިއާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ ދެ ގައުމުގެ ގުޅުމުގެ ފޭރާން މިހާރުވެސް އޮތީ ވަރަށް ބޮޑަށް ވަރުގަދަވެފައި ކަމަށެވެ.

”މި ގުޅުމުގެ ފޭރާން ވަނީ ވަރުގަދަވެފައި. އަދި [މޯދީ] އައުމުން އެއަށް ވުރެ ވެސް ބޮޑަށް ވަރުދަގަވެގެން ދާނެ،“ ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ އިތުރަށް ފާހަގަކުރިގޮތުގައި އިގްތިސާދީ، ޑިޕްލޮމެޓިކް އަދި ސަލާމަތީ ކަންކަމާ ގުޅުން ހުރި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ.

މިއީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުރެ މޯދީ އިޒްރޭލަށް ކުރާ ފުރަތަމަ ދަތުރެއް ނޫނެވެ. މީގެ ކުރިން 2017 ވަނަ އަހަރުވެސް މޯދީ ވަނީ އިޒްރޭލަށް ރަސްމީ ދަތުރެއް ކޮށްފައެވެ. އަދި އޭގެ ކުރީ އަހަރު ބެންޖަމިން ނަތަންޔާހޫ ވަނީ އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
flat
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި