Wednesday, 9 September 2026
Ads by

ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތަކު އިސްލާމްވެއްޖެ

ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތަކު އިސްލާމްވެއްޖެ

މިއަދު އިސްލާމްވި ސްރީލަންކާގެ ޖަޔަސިންގާ އަރްޗިގޭ ވަރޫނާ ޕްރަބާތު ސަދަރުވާން. އިސްލާމްވުމަށް ފަހު އޭނާގެ ނަން ވަނީ އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައި---

ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތަކު އިސްލާމްވެއްޖެއެވެ.

Ad Image
Ads by

މީސްމީޑިއާގެ އެކި މަންސަތަކުގައި މީހަކު ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އިސްލާމް ދީން ޤަބޫލުކޮށްފައި ވަނީ ސ.ފޭދޫ، ނަޔާ ސެލޫންގައި މަސައްކަތް ކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ޖަޔަސިންގާ އަރްޗިގޭ ވަރޫނާ ޕްރަބާތު ސަދަރުވާންއެވެ. ”އެކި“ އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ޝަހާދަތްކިޔައި އިސްލާމްވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ މިސްކިތެއްގެ ތެރޭގައެވެ.

އިސްލާމް ދީން ޤަބޫލުކުރުމަށް ފަހު އޭނާގެ ނަން މިހާރު ވަނީ، ޢަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ އިސްލާމް ދީން ނޫން އެހެން ދީންތައް ޤަބޫލުކުރާ މީހުން އިސްލާމްދީން ޤަބޫލުކުރުމުގެ ކަންކަން މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މި ފަހުން ޚަބަރުތަކުގެ ސުރުޚީތަކުން ފެނިގެންދިޔައީ ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު އިސްލާމްވި ވާހަކައެވެ.

49 އަހަރުގެ އެ އަންހެން މީހާ އިސްލާމް ދީން ޤަބޫލުކުރުމަށް ފަހު މިހާރު ވަނީ އޭނާގެ ނަން ޚަދީޖާއަށް ބަދަލުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުންވެރިންގެ ތެރެއިން 39 އަކަށްވުރެ ގިނަ މީހުން އިސްލާމްވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ފިލިޕީންސްއަށް ނިސްބަތްވާ މީހުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި