Wednesday, 9 September 2026
Ads by

މަރާމާތަށް ބަންދުކުރި ޖުމްހޫރީ މައިދާނުގެ 90 އިންސައްތަ މަސައްކަތް ނިންމާ ވަގުތީގޮތުން ހުޅުވާލައިފި

މަރާމާތަށް ބަންދުކުރި ޖުމްހޫރީ މައިދާނުގެ 90 އިންސައްތަ މަސައްކަތް ނިންމާ ވަގުތީގޮތުން ހުޅުވާލައިފި

މަރާމާތަށް ފަހު ޖުމްހޫރީ މައިދާން.. ފޮޓޯ: ޕީއެސްއެމް

މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ޖުމްހޫރީ މައިދާން އާބާތުރަފިލުވާ ތަރައްޤީކުރުމަށް މިހާރު ކުރިއަށްގެންދާ މަސައްކަތުގެ %90 މަސައްކަތް ނިންމާލުމަށްފަހު އެ ސަރަޙައްދު ވަގުތީގޮތުން ހުޅުވާލައިފިއެވެ.

Ad Image
Ads by

ޖުމްހޫރީ މައިދާނަށް ބައެއް ބަދަލުތައް ގެނައުމަށް ބަންދުކުރީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްގެންނެވެ.

އާބާތުރަ ފިލުވުމުގެ މަސައްކަތާއި ގުޅިގެން އާރުޑީސީން ބުނީ ޖުމްހޫރީ މައިދާން ނުހުޅުވި ލަސްވަނީ، ފްލޯރިންއަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ގެނައުމުގައި އުޅޭ ލަސްތަކެއްގެ ސަބަބުންކަމަށެވެ. ނަމަވެސް އެ ސަރަޙައްދަކީ ގިނައަދަދަކަށް ބަޔަކު ހިތްފަސޭހަކޮށްލުމަށް ރޯދަމަހު ބޭނުންކުރާ މައިޒާނަކަށްވުމުން އެ ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލަން ނިންމީކަމަށް އާރުޑީސީން ބުނެފައިވެއެވެ.

މި މަސައްކަތުގައި ޖުމްހޫރީ މައިދާނަށް މުހިންމު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ޕާކުގެ ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން ވޯކްވޭތައް ހަދާ ލޭންޑްސްކޭޕިން ވަނީ ރީތިކޮށްފައެވެ. އަދި ކުރީގައި އިށީނުމަށް ހަދާފަހުރި ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާއަކުން ބެންޗްތައް ވަނީ ހަދާފައެވެ. މީގެއިތުރުން ހިޔާކޮށްފައިވާ ބައެއް ބެންޗުތައް ހިމެނޭއިރު، މި ބުރުތަކުގައި ގަސް އިންދާ ފެހިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޖުމްހޫރީ މައިދާން ސަރަޙައްދު ހުޅުވާލި ނަމަވެސް، ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެކަމަށް ސަމާލުވުމަށްވެސް އާރުޑީސީން އިލްތިމާސްކުރައްވައެވެ.

މިދިޔަ 5 އަހަރު ވީރާނާވާން ދޫކޮށްލާފައިވާ މާލޭގައި ހުރި މިފަދަ ޕާކުތަކާއި މައިޒާންތައް، އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް މުޢިއްޒު ފެއްޓެވީ މާލޭގެ މޭޔަރުކަމަށް އެމަނިކުފާނު އިންތިޚާބުވުމާ ހަމައިންނެވެ. އޭރުގެ ސަރުކާރުން ކުރިމަތިވި ގިނަ ގޮންޖެހުންތަކާއިއެކުވެސް މިފަދަ ތަންތަން ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެ ފަހުން ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންފަހުންވެސް މިފަދަ މައިޒާންތައް ތަރައްޤީކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްފަންނާއި ސަލްޓަން ޕާކު ފަދަ މުހިންމު މައިދާންތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި