ތިލަފުށީގެ ވެމްކޯ ސައިޓެއްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި, ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އޭނާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރު ލަންކާ ރައްޔިތެއް ކަމަށްވާ މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެއެވެ.
ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދުރަޔަލަގެއަށް މީގެ ކުރިން ޖަހައިފައިވާ ބަންދުގެ މުއްދަތު ހަމަވާތީ، އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ އިތުރު 45 ދުވަސް ޖަހާފައެވެ.
ފުލުހުން އޭރު ބުނީ، އަމީން މިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެއެވެ. އިޓެއްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި, ސްރީލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.












