Sunday, 25 October 2026
Ads by

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.. ފޮޓޯ/ ޕޮލިސް

ރަމަޟާންމަހާ ދިމާކޮށް މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

Ad Image
Ads by

މި ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭ ފުލުހުން އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަކީ މަގުމަތީގެ ދަތުރުތައް ގިނަވެ އެކްސިޑެންޓުތައް ވެސް ގިނަވާ ދުވަސްވަރެއް ކަމަށް ވާތީ ދުރާލާ އެކަމަށް ހޭލުންތެރިކޮށް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހަރަކާތުގައި ހުޅުމާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ކަމާބެހޭ މެސެޖުތައް އިއްވުމުގެ އިތުރުން އާންމުންނާ ބައްދަލުކޮށްގެން ވާހަކަދައްކައި ހޭލުންތެރިކުރުވާފައިވެއެވެ. މިގޮތުން، އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ދުވެލީގައި ދުއްވަން އާދަކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުން ވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަށާއި ކަފިހިހުރަސް ބޭނުންކުރަންވާ ގޮތުގެ އިރުޝާދުތަކާއި ބުރު ވަށައިގެން ދުއްވާއިރު ވިސްނަންޖެހޭ ކަންކަން ފަދަ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގިނާ މެސެޖުތަކެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ މި ހަރަކާތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި