Sunday, 26 July 2026
Ads by

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑޭނެ

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑޭނެ

މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާ ރަށްރަށުގައި ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފައިވާއިރު ރަމަޟާން މަހުވެސް މެދުކެނޑުމެއް ނެތި ޚިދުމަތްދޭނެ ކަން ވަނީ ހާމަކޮށްފައެވެ.

Ad Image
Ads by

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށް ކަަމަށާއި، ހުކުރު ދުވަހު ނަންބަރު ދޫކުރާނީ 09:15 އިން 11:00 އާ ހަމައަށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރަށްރަށުގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 09:15 އިން ފެށިގެން 12:00އަށް ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އެއިދާރާއިން ވަނީ އެދިލައްވާފައެވެ.

އިމިގްރޭޝަނުން ދޭ ވިސާގެ ޚިދުމަތް ރަމަޟާން މަހު ދޭނެ ގަޑިތައްވެސް އިމިގްރޭޝަނުން ވަނީ އާންމުކުރައްވާފައެވެ. އެގޮތުން އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގައިއިރު ހުށަހެޅޭނެކަމަށާއި، ވިސާގެ ޚިދުމަތް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ހެނދުނު 09:00 އިން 13:00 އަށް ލިބޭނެކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެކަން އެއިދާރާއިން ފާހަގަކުރައްވައެވެ.

ސީޕޯޓުގެ ޚިދުމަތްތަކަށް ބަލާއިރު، ހުކުރު ދުވަސް ނޫން އެހެން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް ޚިދުމަތްދޭއިރު، ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްދޭނީ މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށެވެ. މީގެ އިތުރުން ފަތިހު 05:30 އިންހެނދުނު 08:00 އަށްވެސް ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުއްޓާއި، އުލިގަން އަަދި ހިތަދޫ ސީޕޯޓުގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00އަށް ކަމަށް އިމްގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި