Wednesday, 9 September 2026
Ads by

ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށް އެމްޑީޕީ ޤައުމީ މަޖްލީހުން ފާސްކޮށްފި

ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށް އެމްޑީޕީ ޤައުމީ މަޖްލީހުން ފާސްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެންބަރު މީކާއިލް ނަސީމް.. ފޮޓޯ/ މަޖްލިސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު އެއްފަހަރާ ބޭއްވުމަށް ނުފެންނަ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖްލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2 އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށް އެމްޑީޕީގެ ޤައުމީ މަޖްލީހުން ފާސްކޮށްފައިވާ ކަމަށެވެ.

މިއާއިއެކު މީކާއިލް ވަނީ އެ ބަދަލަކީ އަވަސް އަރުވާލައިގެން ސަރުކާރުން ކުރިއަށް ގެންދާ ކަމެއް ކަމަށާއި، އެ ވޯޓާއި ބެހޭގޮތުން އެކަށީގެންވާ ވަރަށް އާންމުން ހޭލުންތެރި ނުކުރެވޭ ކަމަށެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ދައުރު ދިގު ދަންމާލަން ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީން ޤަބޫލުކުރާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނީ ރައްޔިތުންގެ ޢާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު އެ ވޯޓު ނެގުމުގެ މަސައްކަތްކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން އަންނަނީ އެތަކެއް ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން މަސައްކަތްކުރަނީ ވޯޓުން ވައްކަން ކުރަން ކަމަށްވެސް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. ނަމަވެސް މީގެ ކުރިން ޞާލިޙް ވެސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި