ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު ޢަބްދުﷲ މަމްނޫންގެ ޖަނާޒާ މިރޭ ތަރާވީޙް ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.
ކަށު ނަމާދު ޕޭޖުގައިވާ ގޮތުން މަމްނޫންގެ ކަށު ނަމާދުކުރުމަށް ހަމަޖެހިފައި އޮތީ މިރޭ ތަރާވީޙް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
”އެކި“ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަމްނޫން އަވަހާރަވެފައިވަނީ ރޭ 22:10 އެހައިކަންހާއިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ރޭ 22:29 ހާއިރުއެވެ. އަވަހާރަވީއިރު މަމްނޫންގެ ޢުމުރުފުޅަކީ 68 އަހަރުފުޅެވެ.










