Sunday, 26 July 2026
Ads by

އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ކުރެދިމާ ހިނގުން ވަން-ވޭ މަގަކަށް ބަދަލުކޮށްފި

އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ކުރެދިމާ ހިނގުން ވަން-ވޭ މަގަކަށް ބަދަލުކޮށްފި

ހުޅުމާލެ ކުރެދިމާ ހިނގުން ނޫކުލައިން ފާހަގަކުރެވިފައި---

އެކްސިޑެންޓްތައް ހިނގުން އިތުރުވުމާ ގުޅިގެން ހުޅުމާލޭ ދެ ފިޔަވަހީގެ ދެމެދުގައި އޮންނަ ކުރެދިމާ ހިނގުމަކީ އެއްކޮޅަށް ދުއްވާ (ވަން-ވޭ) މަގަކަށް ބަދަލުކޮށްފިއެވެ.

Ad Image
Ads by

އެ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވަނީ، އެ ސަރަޙައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މަޢުލޫމާތު ދީފައެވެ.

އެޗްޑީސީން ގެނެސްފައިވާ މި ބަދަލާއެކު އެ މަގުން ދެން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގަށް ދަތުރުކުރެވޭ ގޮތަށް އެއްކޮޅަށެވެ. އެޗްޑީސީގެ މި ނިންމުމާއެކު އެ ސަރަޙައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މަދުކުރެވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.

ހުޅުމާލޭގެ މަގުތަކަކީ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މަގުތަކެއްކަން ކަށަވަރުކުރުމަށްޓަކައި މީގެ ކުރިންވެސް އެޗްޑީސީން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން، ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެކްސިޑެންޓްތައް ހިނގުން އިތުރުވުމާއި ގުޅިގެން ސްޕީޑް ބްރޭކަރުތަކެއްވެސް ހަރުކުރިއެވެ.

ނަމަވެސް، އެ ސްޕީޑް ބްރޭކަރުތަކުގެ ސަބަބުން ދުއްވާ މީހުންނަށާއި އުޅަނދުތަކަށް އެކި ގޮތްގޮތުން ގެއްލުންވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ސްޕީޑް ބްރޭކަރުތައް ފަހުން ވަނީ އެ މަގުތަކުން ނަގައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި