Sunday, 25 October 2026
Ads by

ސްޕީޑް ލަސްކަމުން، މޭޔަރު އާޒިމަށް ޝުޖާއު ދެއްވީ ސަތޭކަ އަކުން ސުމެއް!

ސްޕީޑް ލަސްކަމުން، މޭޔަރު އާޒިމަށް ޝުޖާއު ދެއްވީ ސަތޭކަ އަކުން ސުމެއް!

ހުޅުމާލެ ދާއިރާގެ ކުރީގެ ކައުންސިލަރު އަދި 20 ވަނަ ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، މާލޭސިޓީގެ މޭޔަރު އާދަމް އާޒިމްއަށް 100 އަކުން ސުމެއް ދެއްވައިފިއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު އާދަމް އާޒިމްއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިމިވަނީ، ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ މަރާމާތު ނުނިމިވަނިކޮށް، ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ރަމަޟާން މަހުގެ ކުރިން 4 މިސްކިތެއް އޭސީކުރުމާއިއެކު އެކަން ފާހަގަ ކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ވަޢުދާއި އެއްގޮތަށް ރޯދައަށް މިސްކިތްތައް ނިންމި ކަމަށް ”އެކިއެމްވީ“ އިން ލިޔެފައިވާ ޚަބަރު ހިއްސާކުރައްވަމުން ޝުޖާއު ވަނީ މޭޔަރު އާޒިމްގެ ބެލުމުގެ ދަށުގައިވާ ޤުއްބު މިސްކިތް ނުނިންމާ ހުރުމުން ފާޑުވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒުގެ ވައުދާއި އެއްގޮތަށް މިސްކިތްތައް ރޯދައަށް ނިމުނު ނަމަވެސް މޭޔަރު އާޒިމްއަށް ހުޅުމާލެ ޤުއްބު މިސްކިތް ނުނިންމުނު ކަމަށާއި، ހުޅުމާލޭގެ ރައްޔިތުން އެ މިސްކިތުގައި ތަރާވީޙް ކުރީ ނޮވިލޯންވެސް އަޅާ ނުނިމެނީސް ކަމަށެވެ. އެހެންކަމުން އާޒިމަށް ދެވޭނީ 100 އަކުން ސުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

”ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިސްކިތްތައް ރޯދަމަހަށް ނިމިއްޖެ. މާލެސިޓީގެ މޭޔަރަށް ހުޅުމާލެ އާލްސާނީ މިސްކިތް (ގުއްބު މިސްކިތް) ނުނިންމުނު. މިރޭވެސް ހުޅުމާލެ ރައްޔިތުން އާލްސާނީ (ގުއްބު މިސްކިތުގައި) ތަރާވީޙް ނަމާދު ކުރީ މިސްކިތުގެ ނެވިލޯނު އަޅާ ނުނިމެނީސް. 100 އަކުން 0 އިނގޭތޯ“ ޝުޖާއު ވިދާޅުވިއެވެ.

ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް އާބާތުރަ ފިލުވުމަކީ ރައީސް ޑރ. މުޢިއްޒުގެ މޭޔަރު ކަމުގައި ދުރާލާ ކުރެއްވި ކަމެއްކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި 65 ދުވަހުން ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާ ނިންމާލިއިރުވެސް، 1 އަހަރުން މޭޔަރު އާޒިމްއަށް މިސްކިތެއްގައި ތަށިމުށި ޖަހާ ނެވިލޯން ނޭޅުނުކަމަށާއި، މިއީ މާލެސިޓީގެ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

”ރައީސް މުޢިއްޒު މާލޭގެ ބޮޑު މަގެއްގަ ތާރުއަޅާ ނިންމައިފި 65 ދުވަހުން. މާލެ ސިޓީ މޭޔަރަށް މިސްކިތެއްގަ ޓައިސް ޖަހާ ނެވިލޯނު ނޭޅޫނު 1 އަހަރުން. މިއީ މާލޭގެ ރައްޔިތުން ވިސްނާލަން ޖެހޭ ކަންކަން“ ޝުޖާއު ވިދާޅުވިއެވެ.

މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް އޭސީކޮށް މިވަނީ ނިންމާލާފައެވެ.

މި ހަތަރު މިސްކިތް އޭސީކޮށް މިހާރު ނިންމައި ވަނީ ބޭނުންކުރަން ފަށާފައެވެ. އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.

މިސްކިތްތައް މަރާމާތުކޮށް އެތަންތަނުގެ އާބާތުރަ ފިލުވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި