އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭސް ނުބެހި ހުރި ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅުކޭސް، މާލޭ ސަރަޙައްދުގައި އެކި ސަބަބުތަކާ ހުރެ ނުލިބޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެގިފައިވާ ކަމަށެވެ.
މިހނގާ 1447ހ. ވަނައަހަރުގެ ރަމަޟާންމަހާ ގުޅިގެން ސަރުކާރުން ދެއްވާ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި އެކިސަބަބުތަކާހުރެ ނުލިބިވާ ފަރާތްތަކަށް ދޫކުރުން މުލަރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 11:00 އަށް، އެމްސީއެލްޕީގެ… pic.twitter.com/BwyTAvYO3J
— Adam Shareef Umar (@Adamshareefz) February 18, 2026
އެގޮތުން މުލަ ރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދުވަހެއްގެ ރޭގަނޑު 21:30 އިން ފެށިގެން 23:00 ހަމައަށް، އެމްސީއެލްޕީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި)، އަދި ހުޅުމާލޭ ފޭސް 1 އަދިފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. އެގޮތުން މާލޭ ސަރަޙައްދުގެ ޖުމްލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު މި މަހުގެ 11 ވަނަ ދުވަހަށް ފަހު ރޯދަ ހަދިޔާ ނުނަގާ ގޭބިސީތަކަށް އެ ހަދިޔާ ދޫކޮށްފައިވަނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިންނެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރަމަޟާން މަހު ވެސް ގޭބިސީތަކަށް ދޫކުރާނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެވެ.











