Sunday, 25 October 2026
Ads by

އެޗްޑީސީން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި އައުޓްޑޯރ ޖިމް ހުޅުވައިފި

އެޗްޑީސީން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި އައުޓްޑޯރ ޖިމް ހުޅުވައިފި

ހިޔާ ސަރަޙައްދުގައި ތަރައްޤީކުރި އައުޓްޑޯރ ޖިމް--- ފޮޓޯ: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގައި ތަރައްޤީކުރި އައުޓްޑޯރ ޖިމްގެ މަސައްކަތްތައް އެއްކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.

Ad Image
Ads by

މި ޖިމް ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު އެ ސަރަޙައްދުގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރެވެ. މި ޖިމް ހުޅުވުމާއި ގުޅިގެން އެޗްޑީސީން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ޖިމް ވެގެންދާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ މާހައުލަކަށް ކަމަށެވެ.

މި ޖިމުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯރ އިކުއިޕްމެންޓް ވަނީ ބަހައްޓައިފައެވެ. މި މަޝްރޫއަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި