Wednesday, 9 September 2026
Ads by

ދ. އަތޮޅު އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލައިފި

ދ. އަތޮޅު އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލައިފި

ދ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މުޙައްމަދު އަމީން (އެކްސް އެކައުންޓް)

އާރުޓީއެލް ފެރީގެ ޚިދުމަތް ދ. އަތޮޅުގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

Ad Image
Ads by

ދ. މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓްރާންސްޕޯރޓް މިނިސްޓަރު މުޙައްމަދު އަމީންއެވެ. ދ. އަތޮޅުގައި މި ޚިދުމަތް ފެށިގެންދިއުމުން މިއީ އެ ކުންފުނިން މި ހިދުމަތް ދޭން ފެށި 13 ވަނަ އަތޮޅަށް ވެގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ޚިދުމަތް ފަށާ ފުރަތަމަ ހަފްތާގައި ދަތުރުތައް ކުރިއަށްގެންދާނީ އެއްވެސް އަގެއް ނެގުމެއްނެތިއެވެ. އެއީ މި ނިޒާމަށް ޢާންމުން އަހުލުވެރިކުރުވުމުގެ ގޮތުންނެވެ.

ދަތުރުތަކަށް އަގު ނަގަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެލެއްވި ގޮތަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ހައި ސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ އެއްކޮށް ގުޅައި ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރަން ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރުހުރި ދަތުރުފަތުރުގެ ސަޤާފަތެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖަޒީރާ ކަނޑުތަކަކީ އެއް ބަަޔަކު އަނެއް ބަޔަކާ ވަކިކުރާ ހުރަހަކަށް ވެގެންނުވާނެ ކަމަށާއި އެހެންނަމަވެސް ވާންޖެހޭނީ ގުޅުވައިދޭ މަގުތަކަކަށް ކަމަށެވެ. މިނިސްޓަރު އަމީން ވަނީ މިކަމާ ގުޅިގެން އެކްސްގައި ވެސް ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، މިއަދަކީ މުޅި ނިލަންދެ އަތޮޅުގެ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށެވެ.

އެ ދެ އަތޮޅުގެ ރައްޔިތުންނަށް މިއަދު އުފާވެރި ދުވަހަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، މި ދެ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް އިފުތިތާހުކުރެވިފައިވާތީ ކަމަށެވެ. މި ޚިދުމަތާއެކު ރައްކާތެރި، އިތުބާރު ހުރި ކަނޑުދަތުރުފަތުރުގެ ނިޒާމެއް މުޅި ރާއްޖޭގައި ބިނާކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި