Sunday, 25 October 2026
Ads by

”ހޭންޑީ“ގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ފެން ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން ބޭނުން ނުކުރަން އެދިއްޖެ

”ހޭންޑީ“ގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ފެން ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން ބޭނުން ނުކުރަން އެދިއްޖެ

ހޭންޑީގެ ބިއްލޫރި ފެންފުޅިތަކެއް--- ފޮޓޯ: ހޭންޑީ ހޯލްޑިންގްސް

”ހޭންޑީ“ ބްރޭންޑުގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

Ad Image
Ads by

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ ’ހޭންޑީ‘ ބްރޭންޑުގެ ބިއްލޫރި ފެން ފުޅިތަކުން ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރުތައް ފެނިފައިވާ ކަމަށެވެ. އެގޮތުން ޖަރާސީމުގެ އަސަރު ފެނިފައިވަނީ ’ހޭންޑީ‘ ބްރޭންޑުގެ 330 އެމްއެލް، 500 އެމްއެލްގެ އިތުރުން 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކުން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނީ، ފެންފުޅިތަކުގެ ތަޙުލީލު ނަތީޖާ ދައްކާގޮތުން، އެ ފެނަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމަށެވެ. އެހެންކަމުން، އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި