Sunday, 25 October 2026
Ads by

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް!

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް---

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

Ad Image
Ads by

މި ބަދަލާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް ބަދަލުކުރުމާއި ގުޅިގެން، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް އެމްއޭސީއެލްއިން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ޑޮމެސްޓިކް ޓަރމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތަކަށް ދެން މަޑުކުރެވޭނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ (ބޮލިބުރު) ކުރިމައްޗަށެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓަރމިނަލުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ސަރަޙައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެކެވެ.

ޑޮމެސްޓިކް ޓަރމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ، އައު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗާ ގޭޓު ސަރަޙައްދުގައި ހެދިފައިވާ ޓެކްސީ ކިޔުއެވެ. މި ބަދަލާއެކު އެއަރޕޯޓުގެ ބަސް ރޫޓުތަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލްއިން ވަނީ މަޢުލޫމާތު ދީފައެވެ.

އެމްއޭސީއެލްއިން ވަނީ އެއަރޕޯޓުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް މި ބަދަލުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި