Wednesday, 9 September 2026
Ads by

ސަރުކާރުން ތަރައްޤީކުރި ބޮޑުތަކުރުފާނު މަގުގެ ކްރެޑިޓް ނަގަން އެމްޑީޕީ މޭޔަރު ނުކުންނަވައިފި

ސަރުކާރުން ތަރައްޤީކުރި ބޮޑުތަކުރުފާނު މަގުގެ ކްރެޑިޓް ނަގަން އެމްޑީޕީ މޭޔަރު ނުކުންނަވައިފި

މާލޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަމަށް ބޮޑު ލުއިފަސޭހައެއް ގެނައުމަށް މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަޙައްދު ކަމަށްވާ ބޮޑުތަކުރުފާނު ތަރައްޤީކޮށް ސަރުކާރުން މަޝްރޫޢު ނިމުމަކާއި ގާތަށް ގެންގޮސްފައިވަނިކޮށް އިދިކޮޅު އެމްޑީޕީގެ މޭޔަރު އާދަމް އާޒިމް އެސަރަޙަށްދަށް ވަޑައިގެން އެކަމުގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވައިފިއެވެ.

Ad Image
Ads by

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ. މިއީ ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމުގައި ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ސަރުކާރުގެ ކުންފުނި އެމްޓީސީސީ އެވެ.

އެހެންނަމަވެސް މިތަން ތަރައްޤީކޮށް ނިމުމަކާއި ގާތްވެފައިވަނިކޮށް އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ހޮވަޑައިން ހުންނެވި އާދަމް އާޒިމް މިވަނީ މިތަނަށް ވަޑައިގެން ސަރުކާރުން ނިންމާފައިވާ ކަމެއްގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވާފައެވެ.

ބޮޑުތަކުރުފާނުމަގު ގައި ސަރުކާރުން އަލަށް ތަރައްޤީކުރި ސަރަޙައްދުގައި މޭޔަރު އާޒިމް ހުއްޓިވަޑައިން ނެންގެވި ފޮޓޯ ތަކާއިއެކު މާލޭސިޓީ ކައުންސިލްގެ ރަސްމީ އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވަނީ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސެގްމެންޓްގެ ޓްރެފިކް ލައިން އަދި ލޯޑިންގ އަންލޯޑިންގ ޖާގަތައް ހެދުމަށްޓަކައި މޭޔަ އާޒިމް އެ ސަރަހައްދު ބައްލަވާލައްވަން ވަޑައިގެންނެވި ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މަޢުލޫމާތު ލިބުނުގޮތުގައި އެ ސަރަޙައްދުގައި މާލެސިޓީ ކައުންސިލުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނެތެވެ. އަދި ކައުންސިލާއި މަތިކުރި ޒިންމާވެސް އަދާކޮށްފައި ނުވެއެވެ. ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ލައިންތައް އެމްޓީސީސީ އިން ވަނީ ކުރަހާ ނިންމާފައި ކަމަށާއި، ލޯޑިންގ އަންލޯޑިންގ ޖާގަތަކުގެ ކަންކަންވެސް ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ކޮށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

”އެމްޓީސީސީއިން ޓްރެފިކް ލައިންތައް ކުރަހާފަ އޮތީ، ލޯޑިންގ އަން ލޯޑިންގ ޖާގަތައް އެމްޕީއެލް އިން ބަލަހައްޓަނީ.. މޭޔަރު ކުރާނެ ކަމެއް އެތާގަ ނެތް، ހަމަ ސްޓަންޓް ޖައްސަނީ ކަމަށް ބެލެވެނީ،، މޭޔަރު ކުރިއްޔާ ކުރީ ޖެއްސުން، ލޯކަލް މާރުކޭޓު ހުސްކޮށްދޭން އެދުމުން އެކަން ނުކޮށްދީ އޮތީމަ އެތަނުގަ ޕޭވްމެންޓް ނުހެދި އެ އޮތީ“ ސަރުާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ސަރަޙައްދުގައި މާލޭ ސިޓީކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮތީ ޕޭވްމެންޓް ހެދުމަށް ލޯކަލް މާރުކޭޓު ސަރަޙައްދު ހުސްކޮށްދިނުމެވެ. އެހެންނަމަވެސް އެ ސަރަޙައްދުގައި ހަދަންޖެހޭ ޕޭވްމެންޓްގެ މަސައްކަތް ލަސްވެފައިވަނީ އާދަމް އާޒިމް އެކަމުގައި އެއްބާރުލުން ދީފައިނުވާތީ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް އަލަށް ތަރައްޤީކުރި ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި އާންމު ދަތުރުފަތުރަށް މިހާރުވަނީ ހުޅުވާލާފައެވެ. މިއީ މާލޭގެ ބަނދަރު ސަރަޙައްދުގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިމިގެންދާއިރު އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެއެވެ. މި ބަދަލާއެކު މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި