Sunday, 26 July 2026
Ads by

ވީއައިއޭގެ އެތެރޭގެ ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް ބަދަލުކުރަނީ

ވީއައިއޭގެ އެތެރޭގެ ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް ބަދަލުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބައު ޓަރމިނަލް---

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

ވީއައިއޭ ހިންގަމުން އަންނަ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިކަމާ ގުޅިގެން ބުނެފައިވަނީ، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްތައް ބަދަލުކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޓަރމިނަލަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް މަރާމާތުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ވީއައިއޭގެ އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ދޭނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލުގެ ޓަރމިނަލް 2 އިންނެވެ. މިކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޓަރމިނަލް 2 ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވުމާ ގުޅިގެން، ބައިނަލްއަޤުވާމީ ހުރިހާ ދަތުރުތަކެއް މިހާރު ވަނީ އެ ޓަރމިނަލަށް ބަދަލުކޮށްފައެވެ. އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަން ނިންމީ އެ ސަބަބަށްޓަކައެވެ. އެހެންކަމުން މި ބަދަލާއެކު، މީގެ ކުރިން ޑޮމެސްޓިކް ޓަރމިނަލުން ލިބެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ޓާމިނަލް 2 އިން ލިބިގެންދާނެއެވެ.

ރާއްޖޭގައި އެތެރޭގެ ދަތުރުތައް މި ވަގުތު ތިން އެއަރލައިނަކުން އަންނަނީ ކުރަމުންނެވެ. އެއީ ޤައުމީ އެއަރލައިން މޯލްޑިވިއަން، ފްލައި މީ އަދި މަންތާ އެއަރއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި