ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން, އެ މަޤާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށައަޅުއްވައިފި އެވެ.
ސީޕީ ނަވީން މަޤާމުން ވަކިވެވަޑައިގަންނަވާކަން ފުލުހުންގެ އިސްވެރިންނަށް ވަނީ އަންގަވާފަ އެވެ. އަދި މިހާރު ވަނީ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށައަޅުއްވާފަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނު ކުރެއްވިއިރު، އޭނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގަ އެވެ. ނަވީން ސީޕީ ކަމަށް އައްޔަނުކުރެއްވީ ޖޫން 10, 2025 ގަ އެވެ.
ނަމަވެސް ސީޕީގެ މަޤާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދެވީ ނަވީންގެ ބެއްލެވުގެ ދަށުންނެވެ. ނަވީން, މަޤާމުން ވަކިވެވަޑައިގަންނަވާ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.












