Saturday, 24 October 2026
Ads by

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

Ad Image
Ads by

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އަތުލައިގަނެފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް ކަމަށެވެ. ޓެސްޓްކުރުމުގެ މަރުހަލާއިން އެތަކެއްޗަކީ ހަޝިޝް އޮއިލްކަން ދެނެގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުއްޓެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. މި މައްސަލާގައި ބަޔަކު ނުވަތަ މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއް ނުވެއެވެ.

ކަސްޓަމްސްއިްނ ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ ހަޝިޝް އޮއިލްތަކެއް އަތުލައިގަނެފައެވެ. އެތަކެތީގެ މަގުމަތީ އަގު 32 މިލިއަން ރުފިޔާއަށް އަރާނޭކަމަށް ކަސްޓަމްސްއިން އޭރު ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް އަތުލައިގަންނަ ހަޝިޝް އޮއިލް އިތުރުވެފައިވާއިރު، ފުލުހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އޮޕަރޭޝަން އަލިމަގު ނަމުގައި ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި