Saturday, 24 October 2026
Ads by

ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއްނޫން: މަޚުލޫފް

ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއްނޫން: މަޚުލޫފް

ކުރީގެ ޔޫތް މިނިސްޓަރު މަހްލޫފް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު، ޤައުމީ ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށް ވިދާޅުވެ ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފް އިދިކޮޅުގެ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

މަހްލޫފް މި މޭރުމުން ވިދާޅުވީ، އިދިކޮޅުގެ ފަރާތްތަކުން ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅުވައިގެން ދައްކަމުން އަންނަ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން މަހްލޫފް ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އުމައިރަކީ މޮޅު ޓޭބަލް ޓެނިހުން ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ރަންވަނަތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

 

”މޯލްޑިވްސް ސްޕޯޓްސް އެވޯރޑްސްއަށް އުމައިރު ނޮމިނޭޓް ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫން، އެންމެ ކުޑައިރުން ފެށިގެން ކުރާ މަސައްކަތުން، މިއީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާ،“ – މަހުލޫފް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މަހްލޫފް ވިދާޅުވީ އުމައިރަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އަރުތަ ޕްރޮގްރާމުގައިވެސް ހިމެނުނު އެތުލީޓެއް ކަމަށާއި، ކަން މިހެން އޮތުމާއެކު ޙަޤީޤަތް ނުބަލައި، ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަދި ކާކުކަން ނޭނގޭ އެކައުންޓްތަކުން އަންނަނީ އުމައިރުއަށް ނިސްބަތްކޮށް އެތަކެއް ދޮގު ވާހަކަތަކެއް ފަތުރައި، ގަނާކޮށް ފުރައްސާރަކުރަމުންނެވެ. ފުރައްސާރަކުރާ މީހުން ބުނާގޮތުގައި އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއް ވެސް ނުލިބި ހަމައެކަނި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.

އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ދިފާޢުގައިވެސް އެތައް ބަޔަކު ނުކުމެ ދަނީ ޙަޤީޤަތް ހާމަކުރަމުންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބަޔަކު މިކަން ކުށްވެރިކޮށް ވާހަކަދައްކާފައިވެއެވެ.

ކުޅިވަރު އެވޯރޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާއިރު ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައިވަނީ، 2024 ވަނަ އަހަރުގެ ޒުވާން ކުޅުންތެރިންގެ ފިރިހެން ކެޓަގަރީއަށެވެ. އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލްޓެނިސް އެސޯސިއޭޝަނުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޕޯޓްސް އެވޯޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރު ތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ. އެހެންކަމުން މިއަހަރު ބާއްވާ އެވޯޑަކީ 2025 ވަނަ އަހަރުގެ އެވޯޑުކަން ސާފުކޮށް ފެންނަން އެބައޮތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި