Saturday, 17 October 2026
Ads by

އުމައިރު ހޯދި ކާމިޔާބީއާއި ސްޕޯޓްސް އެވޯރޑްސް ނޮމިނޭޝަން: ރައީސްގެ ދަރިކަލުންވީމަ ޙައްޤު ނުވަނީތަ؟

އުމައިރު ހޯދި ކާމިޔާބީއާއި ސްޕޯޓްސް އެވޯރޑްސް ނޮމިނޭޝަން: ރައީސްގެ ދަރިކަލުންވީމަ ޙައްޤު ނުވަނީތަ؟

ރައީސްގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒު ހިމެނޭހެން ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވީ ބައެއް ކުދިން---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު، ޤައުމީ ކުޅިވަރު އެވޯރޑު 2025 އަށް ނޮމިނޭޓްވުމާއި ގުޅިގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯރމްތަކުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ހިމެނޭހެން އުމައިރަށް އެކި ގޮތްގޮތަށް ގަނާކޮށް ފުރައްސާރަކުރަން ފަށައިފިއެވެ.

Ad Image
Ads by

ކުޅިވަރު އެވޯރޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާއިރު ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައިވަނީ، 2024 ވަނަ އަހަރުގެ ޒުވާން ކުޅުންތެރިންގެ ފިރިހެން ކެޓަގަރީއަށެވެ. އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލްޓެނިސް އެސޯސިއޭޝަނުންނެވެ.

ފާހަގަކޮށްލެވޭގޮތުގައި ސްޕޯޓްސް އެވޯޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރު ތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ. އެހެންކަމުން މިއަހަރު ބާއްވާ އެވޯޑަކީ 2025 ވަނަ އަހަރުގެ އެވޯޑުކަން ސާފުކޮށް ފެންނަން އެބައޮތެވެ.

އުމައިރަކީ ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ނަމަވެސް ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަދި  ކާކުކަން ނޭނގޭ އެކައުންޓްތަކުން އަންނަނީ އުމައިރުއަށް ނިސްބަތްކޮށް އެތަކެއް ދޮގު ވާހަކަތަކެއް ފަތުރައި، ގަނާކޮށް ފުރައްސާރަކުރަމުންނެވެ.

އުމައިރުގެ ކާމިޔާބީއަށް ތާޖުއްދީން ސްކޫލުން މަރުޙަބާ ދަންނަވާ 2023 ގައި ކޮށްފައިވާ ޕޯސްޓެއް.

ފުރައްސާރަކުރާ މީހުން ބުނާގޮތުން އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއް ވެސް ނުލިބި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އޭނާ ކުޅިވަރުގެ މައިދާނުގައި ދައްކަމުންދާ މޮޅު ކުޅުމާއި، ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކުގެ ތެރޭގައި:

މީގެ އިތުރުން ވެސް އުމައިރު ވަނީ އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރަތްތަކުގައި ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައިފައެވެ. މިކަމުން ވެސް ހެކިދެނީ އުމައިރު މި އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އޭނާގެ އަމިއްލަ މިންނެތް މަސައްކަތުން ކަމަށާއި، އެވޯރޑަށް ނޮމިނޭޓްވީ އޭނާގެ ހުރި ކުޅިވަރުގެ ފެންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.

އުމައިރު ތާޖުއްދީން ސްކޫލްގެ އިންޓަރ ސްކޫލް ޓީޓީ ޓޯނަމަންޓް 2024 ގައި

އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ދިފާޢުގައިވެސް އެތައް ބަޔަކު ނުކުމެ ދަނީ ޙަޤީޤަތް ހާމަކުރަމުންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބަޔަކު މިކަން ކުށްވެރިކޮށް ވާހަކަ ދައްކާފައިވެއެވެ.

ކުޅިވަރުގެ ދާއިރާގައި 6 އަހަރު ސުޕަވައިޒަރުކަން ކުރި ފަރާތެއްގެ ކޮމެންޓް.

 

އެހެންކަމުން އުމައިރަށް ލިބުނު ކާމިޔާބީގައި ސިޔާސީ ކުލަ ނުޖައްސައި، އޭނާއަށް ލިބިފައިވާ ކާމިޔާބީތަކަށް މަރުޙަބާ ކިޔައި ރިވެތި ސިފަތަކަށް ރުޖޫޢަވާންޖެހެއެވެ. ދިވެއްސަކަށް ކާމިޔާބީއެއް ލިބުމުން އެކަމާ އުފާފާޅުކުރާ ބަޔަކަށްވެ، އެ ކާމިޔާބީގެ އުފަލުގައި ބައިވެރިވާންޖެހެއެވެ. މިކަމުގައި އުމައިރަކީ ރައީސްގެ ދަރިކަލުންތޯ ނުވަތަ ނޫންތޯ ބެލުމަށްވުރެ ބޮޑަށް ބަލަންވީ އޭނާގެ ފަންނުވެރިކަމަށެވެ. ރައީސްގެ ދަރިކަލުންނަށް ވީތީ، ލިބެންޖެހޭ ޙައްޤަކުން އުމައިރު އިސްތިސްނާވުމަކީ އިންސާފެއް ނޫނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mtcc tower
ދިއްފުށީގެ ބިން ހިއްކުން މަހެއްހާ ދުވަސްތެރޭގައި ނިމޭނެ: އެމްޓީސީސީ
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި