Saturday, 24 October 2026
Ads by

ރައީސްގެ ވަޢުދާއި އެއްގޮތައް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި

ރައީސްގެ ވަޢުދާއި އެއްގޮތައް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފިއެވެ.

Ad Image
Ads by

ތޮއްޑޫއަށް ސީޕްލޭން ދަތުރުތަށް ފެށުން ފާހަގަކުރުމަށް ތޮއްޑޫގައި ވަނީ ސަޤާފީ ޙާރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ތަރިކައާއި، ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެފައެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން އަދި ތޮއްޑޫގެ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުގެ ތެރެއިން ޚާއްޞަ އިސްކަމެއްދީގެން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ.

ސަލީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށްކަމަށެވެ. އެހެންނަމަވެސް މި ފެށުނު ދަތުރުތަކާއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ތޮއްޑޫއަށް މިފެށި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށެވެ. އަދި ޑިމާންޑު އިތުރުވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

”އައިލެންޑް އޭވިއޭޝަންއިން މިފެށި ދަތުރުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން. ޑިމާންޑު އިތުރުވާވަރަކަށް ދަތުރުތައް އިތުރުކުރެވިގެންދާނެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއިފަސޭހަ ، އަދި އިޤްތިސޯދު ގޮތުން ކުރިއެރުވުންކަމަށް ވިދާޅުވި.“ ސަލީމް ވިދާޅުވިއެވެ.

 

މި ޚިދުމަތް ފެށުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ މިއަދަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގެ ރައްޔިތުންނަށް ނުހަނު އުފާވެރި ދުވަހެއްކަމަށެވެ. އެއީ މިއަދު ރަސްމީކޮށް ފެށިގެންދިޔަ ސީޕްލޭން ދަތުރުތަކުގެ ސަބަބުން، ރަށާއި އަތޮޅުގެ ޓޫރިޒަމަށް ފައިދާކުރާނެތީ ކަމަށާއި، އަދި އާންމު ރައްޔިތުންނަށް ވައިގެ މަގުން ދަތުރު ކުރުމުގެ ލުއި ފަސޭހަކަން ވެސް ލިބިގެން ދާނެތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

https://twitter.com/ameen3d/status/2021915644376281467

މިނިސްޓަރ ވަނީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމަވާ ނިންމެވުންތަކަށް އައްސަރިބަހާ ސާބަސް ދަންނަވާކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި