ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓްއިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) ޕެކޭޖް އެކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ކޮންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކުގައެވެ. މި މަޝްރޫޢުގެ ޑިޒައިން އެންޑް ކޮންސަލްޓަންސީ މަސައްކަތް ވެސް ކޮށްފައިވަނީ ޖަޕާނުގެ ކުންފުންޏަކުންނެވެ. އެއީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 01 ގެ އެއްބަސްވުމުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ… pic.twitter.com/2vKtIIA1xY
— Ministry of Construction, Housing & Infrastructure (@MoCImv) February 12, 2026
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޠަޢާމު މުޙައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، މިސްޓަރ އިޒާވާ ކަންއެވެ.

މި މަސައްކަތް ޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 700,000,000.00 ޖަޕަނީސް ޔެންއަށެވެ. މަސައްކަތް ނިންމުމަށް 487 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ދީފައިވާއިރު، މި މަޝްރޫޢުގެ ދަށުން މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީޙެއް ކޮންސްޓްރަކްޝަން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
މާލޭގައި މިހާރު އޮތް ކަނޑުތޮއްޓަކީ ވެސް ޖަޕާނުގެ އެހީގައި، 1998 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރަށް ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ކޮށްފައިވާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.












