Sunday, 26 July 2026
Ads by

ރަސްމާލޭ ބިން ހިއްކުމުގެ އަދާހަމަ: ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލޭ ބިން ހިއްކުމުގެ އަދާހަމަ: ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ--- ފޮޓޯ/ އެމްއޭސީއެލް

ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ސައިޓް އޭއިން 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެމްއޭސީއެލްއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރަސްމާލޭ ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި، މިއީ މަޝްރޫޢުގެ 84.36 އިންސައްތަ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އެމްއޭސީއެލްއިން ބުނީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެލީގައި، ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

https://x.com/maclmedia/status/2021876865456365638

ރަސްމާލެ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރު ކަމަށްވާ، ’ކްރިސްޓޯބަލް ކޮލޯން‘ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މިއީ ޖުމްލަ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ޑްރެޖަރެކެވެ. މި ޑްރެޖަރު އޮޕަރޭޓް ކުރަނީ ”ޖޭން ޑެ ނަލް“ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ދުނިޔޭގެ އެންމެ ފުރުތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ ހިއްކައި ނިމުމާއެކު މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ. މި މަޝްރޫޢުގެ ދަށުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެތަކެއް ފަރާތްތަކަށް ގޯއްޗާއި ފްލެޓް ޔަޤީންވެގެންދާނެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ އިތުރުން އެމްއޭސީއެލްއިން އަންނަނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ރަސްމާލޭ ސައިޓް އޭ ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ރަސްމީކޮށް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނިން މި ވަނީ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި