Wednesday, 9 September 2026
Ads by

މިސްކިތްތައް ބަލަހައްޓާ މީހުންނަށް މާލެސިޓީ ކައުންސިލުން ކުރާ ޖެއްސުން ހުއްޓާލަންޖެހޭ: ސައުދާ

މިސްކިތްތައް ބަލަހައްޓާ މީހުންނަށް މާލެސިޓީ ކައުންސިލުން ކުރާ ޖެއްސުން ހުއްޓާލަންޖެހޭ: ސައުދާ

ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ: ފޮޓޯ / މަޖްލިސް

މިސްކިތްތައް ބަލަހައްޓާ މީހުންނަށް މާލޭސިޓީ ކައުންސިލުން އެކިކަހަލަ ޖެއްސުން ކުރަމުުންދާކަމަށް ތުހުމަތު ކުރައްވާ އެކަން ހުއްޓާލުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ގޮވާލައްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖްލީހުގެ މިދައުރުގެ 3 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައުދާ ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ސައުދާ މިމޭރުމުން ވާހަަފުޅު ދެއްކެވީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މި ބިލު މަޖްލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

އެކަމަށް ޢިޝާރާތްކުރައްވާ ސައުދާ ވިދާޅުވީ މިސްކިތްތައް ބަލަހައްޓަން ތިބޭ މީހުންނަށް މާލެސީޓީ ކައުންސިލްގައި ހުރި އެމްޑީޕީ މީހަކު ޖެއްސުންކުރަމުން ދާކަމަށާއި، މިކަމާމެދު ބިލު ހުށަހެޅި މެންބަރު ނުވިސްނެވީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ.

”މިސްކިތްތަކަށް ގެއްލުންދޭތީ އެކަމާ ކަންބޮޑުވެގެން އަމިއްލައަށް އިސްނަންގަވައިގެން އެމްޑީޕީ މެންބަރަކު މި އިސްލާހު ހުށައެޅުއްވީ. މިއިސްލާހާއެކު އަޅުގަނޑު ހިތައްއަރާ ކީއްވެގެންބާއޭ ނުވިސްނެވީ މިސްކިތްތައް ބަލަހަައްޓަން ލާފައި މިތިބޭ މަސައްކަތުމީހުން، މިސްކިތް ސާފުކުރަން ލާފައިތިބޭ މަސައްކަތު ދައްތައިން ނުވަތަ ބޭރުމީހުން ވިޔަސް، މަސައްކަތު މީހުންނާއި ދޭތެރޭގައި މި އެމްޑީޕީގެ އިސްމީހަކު ސިޓީކައުންސިލްގައި ހުރެގެން އެކުރަމުންދާ އުނދަގުލާ ފުރައްސާރައާއި، އެމީހުންނާދޭތެރޭ އެކުރަމުންދާ ލާއިންސާނީ ކަންތައްތަކާމެދު ކީއްވެގެންބާއޭ މި މީހުން ސަމާލުކަން ނުދެނީ“ ސައުދާ ވިދާޅުވިއެވެ.

ސައުދާ އިތުރަށް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭން ބަޔަކު އަޔަސް، އެތަން ބަަލަހައްޓަންތިބޭ ބަޔަކާމެދު ކައުންސިލުން އިހުމާލުވަމުންދާކަމަށެވެ. އަދި މި މައްސަލަ މެންބަރު ސައުދާއާއި، ހަމަޔަށްވެސް އަދި އެހެން މެންބަރުންނާއި ހަމަޔަށްވެސް ވަނީ އައިސްފައިކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް މިކަން ހައްލުވެސް ކޮށްފައިނުވާއިރު، އެމްޑީޕީ މީހުން ކައުންސިލްތެރޭގައި ތިބެ، ސިޔާސީ ކަންތައްތަކާއި ގުޅުވާ މަސައްކަތު މީހުންނަށް ވަޒީފާގެ ބިރު ދައްކާ، މަސައްކަތްކުރަމުންދާ ތަން ބަދަލުކުރުމާ، ޑިއުޓީ ބަދަލުކުރުންފަދަ ކަންކަންކޮށް އެކިގޮތްގޮތުން ޖެއްސުންކުރަމުންދާ ކަމަށް މެންބަރު ސައުދާ ތުހުމަތު ކުރެއްވިއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދުގެ ޖަލްސާގައި ވަނީ މެންބަރުންގެ އިއްތިފާޤުން މަޖިލީހަށް ބަލައިގެންފައެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަށް، ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިބިލަށް ތާޢީދުކުރައްވާފައެވެ. އަދި ވީހާވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމައި، އިސްލާހު ފާސްކުރުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި