Wednesday, 9 September 2026
Ads by

ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި

ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި

ކުރެންދޫގައި ބިނާކުރެވުނު މިސްކިތް---

ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް ’މަސްޖިދުލް ސިއްދީޤް‘ ރަސްމީކޮށް ހުޅުވައިފިއެވެ.

Ad Image
Ads by

މިއަދު މަޢްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ވެސް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން ދެ ޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމް ވެސް ޤާއިމް ކުރެވިފައިވެއެވެ.

އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު، މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫޢު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި