Wednesday, 9 September 2026
Ads by

އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި

އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި

އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން، އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ، ”އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ“ގެ ދިވެހި ތަރުޖަމާ މިއަދު ނެރެފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ’ޝަރުޢީ ސިޔާސަތުގެ އަލީގައި ޙުކުމްކުރުމުގެ ގޮތްތައް’ގެ ނަމުގައި ނެރުނު މި ފޮތަކީ އިސްލާމީ ފިޤުޙާއި ޝަރުޢީ ސިޔާސަތާއި ފަނޑިޔާރުކަމުގެ ޢިލްމުގެ މުހިންމު މަޞްދަރުތަކުގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ވަރަށް ޢިލްމީ ފޮތެކެވެ.

މި ފޮތުގައި އިސްލާމީ ޤަޟާއީ ނިޒާމާ ބެހޭ ފިޤުހާއި ޝަރުޢީ މަޤުޞަދުތައް ޖަމާކޮށްފައިވާއިރު، ވަޤުތާއި ޙާލަތަށް ޝަރުޢުގެ ޙުކުމްތަކާއި މަޤާޞިދުތައް ފައްތާނެ ގޮތްތަކާއި ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރާނެ ޤަވާޢިދުތަކާއި ހަމަތަކާއި ހެއްކާއި ޤަރީނާއާ ގުޅޭ ގޮތުން ޝަރުޢުގައި ބަޔާންވެގެންވާ އަސާސްތަކާއި މަބާދިއުތައް މި ފޮތުގައި ގެނެސްފައިވެއެވެ.

ޚަޞްމުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާނެ ގޮތްތަކާއި، ޙައްޤުތައް ޙިމާޔަތްކުރާނެގޮތުގެ ޙުކުމްތައް ބަޔާންކޮށް ޝަރުޢީ ސިޔާސަތަކީ ޝަރުޢުގެ މަޤާޞިދުތައް ތަންފީޒުކުރުންކަން ކަށަވަރު ކޮށްފައިވެއެވެ. ޙުކުމްކުރުމުގެ މަޤުޞަދަކީ ޢަދުލުވެރިކަން ޤާއިމުކުރުންކަމަށާއި، އަނިޔާވެރިކަމަށް މަގުފަހިވާ އެންމެހައި ކަންކަން ނައްތާލުންކަން މި ފޮތުގައި ބަޔާންކޮށްފައިވާއިރު ޝަރުޢީ ހަމަތަކުގެ މަތިން ޙުކުމްކުރުމުގެ ގޮތްތައް ކީރިތި ޤުރުއާނާއި ސުންނަތުގެ މަންހަޖުގެ އަލީގައި މި ފޮތުގައި ބަޔާންކޮށްފައިވެއެވެ.

މިއީ އިސްލާމީ ޤަޟާއީ ޢިލްމު (އިސްލާމިކް ޖުޑިޝަލް ސައިންސް)ގެ ދާއިރާއިން ދިވެހިރާއްޖޭގައި ދިވެހި ބަހުން ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތެވެ. އެގޮތުން މި ފޮތުގައި 845 ސަފުހާ ހިމެނެއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފޮތް ތަރުޖަމާކުރެއްވީ އައްޝެއިޚް ޢަލީ ނަޖީބެވެ. އަދި މި ފޮތް މުރާޖަޢާކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

”އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ“ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން މިހާރު ވިއްކުމަށް ހަމަޖެހިފައިވާއިރު، މި ފޮތުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1،000 ރުފިޔާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި